ފުރުސަތު ބޯޓު މުދަލާއެކު ދިޔަވަނީ – ހާލަތު ކޮންޓްރޯލް ކޮށްފި

މާލެއިން މުދާބަރުކޮށްގެން ފުވައްމުލަކަށް ދަތުރުކުރި ފުރުސަތު ބޯޓު ދިޔަވެ އަޑިއަށްދާން ފަށައިފިއެވެ. ދުވަހަށް މައުލޫމާތުދެމުން އެ ބޯޓުގެ ކެޕްޓަންގެ ކޮއްކޮއަކު ކެޕްޓަން ނަސީމާ ހަވާލާދީ ދެންމެ ބުނީ 4:30 ...

21 Nov 2022 | 00:57

މާލެއިން މުދާބަރުކޮށްގެން ފުވައްމުލަކަށް ދަތުރުކުރި ފުރުސަތު ބޯޓު ދިޔަވެ އަޑިއަށްދާން ފަށައިފިއެވެ.

ދުވަހަށް މައުލޫމާތުދެމުން އެ ބޯޓުގެ ކެޕްޓަންގެ ކޮއްކޮއަކު ކެޕްޓަން ނަސީމާ ހަވާލާދީ ދެންމެ ބުނީ 4:30 ހާއިރު ބޯޓު ދިޔަވާން ފެށީ ކޮޅިގަނޑެއްގައި ޖެހިގެން ކަމަށެވެ.

"ބޯޓުގެ ޕަމްޕުތައް ބޭނުންކޮށްގެން މިހާރު ހާލަތު ކޮންޓްރޯލު ކުރެވިފައިވާކަމަށް މައުލޫމާތު ލިބެނީ، މިހާރު ކޯސްޓްގާޑުވެސް ދަނީ ބޯޓުގެ ކައިރީގައި ހަރަކާތްތެރިވަމުން" އޭނާ ބުންޏެވެ. އަދި މިހާރު ބޯޓު ވިލިނގިއްޔާއި ދިމާއަށް ދަތުރުކުރަމުންދާކަމުގައިވެސް އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ފުރުސަތު ބޯޓަކީ ކުރިންވެސް ކަނޑު ދަތުރުކުރަމުންދިޔަ ބޯޓެއް ކަމަށާއި ނަމަވެސް މިއީ ފުވައްމުލަކު ފޯމީ ގްރޫޕުން މި ބޯޓު ގަނެ، ފުވައްމުލަކަށް މުދާ ބަރުކޮށްގެންކުރި ފުރަތަމަ ދަތުރުކަމަށެވެ.

https://twitter.com/aiiizzath/status/1594480499350974464?s=46&t=mfssSlBL7pFoBLLNezHlBg

މި ހާދިސާއާއި ގުޅޭ މައުލޫމާތެއް ކަމާގުޅުންހުރި ރަސްމީ އިދާރާއަކުން އަދި ލިބިފައެއް ނުވެއެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް