މަގުމަތިން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

ރޭގައި ފުރަމާލޭގައި ކުޑަ އަންހެން ކުއްޖަކަށް މަގުމަތިން ޖިންސީ ގުނަވަން ދެއްކި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ކުޑަ ކުއްޖަކަށް ޖިންސީ ގުނަވަން ދެއ...

21 Nov 2021 | 05:11

ރޭގައި ފުރަމާލޭގައި ކުޑަ އަންހެން ކުއްޖަކަށް މަގުމަތިން ޖިންސީ ގުނަވަން ދެއްކި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ކުޑަ ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި ކަމުގެ ތުހުމަތުގައި ރޭ 11:43 ހާއިރު މާލެއިން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

މަގުމަތިން ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މީހަކު ހައްޔަރުކޮށްފައިވާއިރު މީގެ ދެ ދުވަސް ކުރިން މާލޭގެ މަގުމަތިން އަންހެނެއްގެ ފޫކޮޅުގައި ހިފި ދިވެހި ފިރިހެނަކުވެސް ހައްޔަރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް