ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް މިދިޔަ ބުދަ ދުވަހު ތިން އަހަރު ފުރިފައިވާއިރު ސޯޝަލް އަދި ލޯކަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ޖައްސައި ހެޔޮވެރިކަމާއި ޖަޒީރާ ތަރައްގީން ސޯޝަލް މީޑިއާ ފުރާލައިފިއެވެ.
ހެޔޮ ވެރިކަން #heyoverikan އަދި ޖަޒީރާ ތަރައްގީ #JazeeraTharaggee މި ދެ ހޭޝްޓެގަކީ މި ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބު ހިއްސާކުރުމަށް ސޯޝަލް މީޑިއާގައި ބޭނުންކުރި ދެ ހޭޝްޓެގެވެ. މި ދެ ހޭޝްޓެގް އެކުލެވޭ ޕޯސްޓްތަކުން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ކަމުގައިވާ ޓްވިޓާ، ފޭސްބުކް އަދި އިންސްޓަގްރާމްގައި ވަނީ މި ހަފްތާ އެކުގައިހެން ވަނީ ފުރާލާފައެވެ.
https://twitter.com/AmnaShath/status/1460692895648731136
މި ދެ ހޭޝްޓެގް މީގެ ކުރިން މި ފަދަ ކެމްޕޭނަކުން ނުފެންނަވަރަށް ފެނިފައިވާއިރު މި ދެ ހޭޝްޓެގް ބޭނުންކޮށްގެން އެތައް ބަޔަކު އަންނަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި މި ސަރުކާރުން ރާއްޖެއަށް، ދިވެހި ރައްޔިތުންނަށް ގެނެސްދީފައިވާ ތަރައްގީއާއި ކުރިއެރުންތަކުގެ ޕޯސްޓްތައް ހިއްސާ ކުރަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އެމަނިކުފާނުގެ ސަރުކާރަށް ތަރުހީބާއި ތަހުނިޔާ އަރިސްކުރަމުންނެވެ.
https://twitter.com/KRHmv/status/1461009161525743621
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ނުހަނު ބޭނުންވެފައިވާ އަސާސީ ހިދުމަތްތަކެއް ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީން ކަމާއި އެކު އެވެ.
https://twitter.com/YoosufShaah/status/1460855655108001797
އޭގެ ތެރޭގައި ކަރަންޓު، ފެނާއި، ނަރުދަމާ، ބަނދަރު އަދި ގެދޮރުވެރިކަން ފަދަ މުހިންމު ދާއިރާތަކަކީ އުމްރާނީ ގޮތުން ރައްޔިތުންނަށް މިވަގުތު ވަރަށް މުހިންމު ދާއިރާތަކެވެ. އެ ދާއިރާތަކަށް އަމާޒުކޮށް ސަރުކާރުން އެކުލަވާލާފައިވާ ފަސް އަހަރުގެ އުމްރާނީ ތަރައްގީގެ ތެރެއިން ބޮޑު ބައި މިހާރު ހާސިލްވެފައިވުމަކީ މިމަހުގެ 17 ވަނަ ދުވަހު ތިން އަހަރު ފުރުނު ރައީސް ސޯލިހުގެ ސަރުކާރު ހޯދި ބޮޑު ކާމިޔާބެކެވެ.
https://twitter.com/ahmedmujaahid/status/1461238717406859267
މިދިޔަ ތިން އަހަރުގެ ތެރޭގައި އުމްރާނީ ތަރައްގީގެ މަޝްރޫއުގެ ތެރެއިން 673 މަޝްރޫއުއެއްގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި 491 މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ކުރިއަށްދާ އިރު 143 މަޝްރޫއުއެއް ކޮންޓްރެކްޓް ކުރެވިފައިވެ އެވެ. މީގެ އިތުރުން އެހެނިހެން ސްޓޭޖްގައިވާ މަޝްރޫއުތަކުގެ އަދަދު 870 އަރައެވެ.
https://twitter.com/thayyib/status/1460686107440386048
މީގެ ތެރޭގައި:
ކަރަންޓް ހިދުމަތް:
- 405 މަޝްރޫއު ނިމިފައި
- 157 މަޝްރޫއެއްގެ މަސައްކަތްތައް ކުރިއަށް ދަނީ
- 21 މަޝްރޫއެއްގެ މަސައްކަތް ކޮންޓެރެކްޓް ކުރެވިފައި
- 127 މަޝްރޫއެއްގެ މަސައްކަތް އެހެނިހެން މަރުހަލާގައި
ފެނާއި ނަރުދަމާ:
- 56 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
- 62 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
- 23 މަޝްރޫއެއް އެހެނިހެން މަރުހަލާފައި
ބަނދަރާއި ޖެޓީ:
- 25 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
- 39 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
- 9 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
- 38 މަޝްރޫއެއް އެހެނިހެން މަރުހަލާގައި
ގޮނޑުދޮށް ހިމާޔަތް ކުރުން:
- 3 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
- 11 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
- 6 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
- 37 މަޝްރޫއެއް އެހެނިހެން މަރުހަލާގައި
- ބިން ހިއްކުމުގެ މަޝްރޫއުތައް:
- 4 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
- 5 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
- 8 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
- 13 މަޝްރޫއެއް އެހެނިހެން މަރުހަލާގައި
މަގު ހެދުމުގެ މަޝްރޫއުތައް:
- 4 މަޝްރޫއެއްގެ މަސައްކަތް ނިމިފައި
- 12 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ދޭ
- 10 މަޝްރޫއެއްގެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
- 25 މަޝްރޫއެއް އެހެނިހެން މަރުހަލާގައި
ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ތެރެއިން މިހާރު ނިމިފައި އިތުރު މަޝްރޫއުތަކުގެ ތެރޭގައި 29 ރަށެއްގައި ބޯފެން ރައްކާކުރުމުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްތަކާއި، ދެ ރަށެއްގައި ފެންހިންދާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި މި ސަރުކާރުން ބޯހިޔާވަހިކަމުގެ ހަތަރު މަޝްރޫއެއްގެ މަސައްކަތް ނިންމާފައިވާއިރު، ފަސް މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދެ އެބަދެއެވެ.
https://twitter.com/YoosufShaah/status/1460905274579959810
ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމުގައި މިދިޔަ ތިން އަހަރު މި ސަރުކާރު ބޮޑު ކާމިޔާބެއް ހޯދާފައިވާއިރު ރައީސް ސޯލިހު ހުންނެވީ ޖަޒީރާ ވަންތަ ތަރައްގީއެއް ގެނެސްދިނުމަށް ވަރުގަދަ އަޒުމުފުޅެއްގައި އެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ރާއްޖެއަށް މިހާތަނަށް އަންނަ އެންމެ ތާހިރު ފަސް އަހަރަށް ވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް