މި ސަރަހަައްދުގައި ހުރި މޫސުމީ ސެޓަޕްތައް ދައްކައިދިނުމަށް ޒޫމް އާތު އިމޭޖަރީގެ އެހީތެރިކަމާއެކު ދުވަހުން ތައްޔާރުކޮށްފައިވާ މަންޒަރެއް -
ހުޅަނގު މޫސުމުގެ ބާރުގަދަވެ މޫސުން ގޯސްވެފައިވާ
ވުން އިއްޔެއާއި ހަމައަށް ދެމިގެންދާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް
(މެޓް) އިން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވެއެވެ.
ނަމަވެސް މިއަދު މިއީ 21 ކަމަށްވެފައި އަދިވެސް
މޫސުން އަލި ނުވެ އަދި ކުރިއަށްވުރެވެސް ގޯސްކޮށް ފެންނާތީ މެޓަށް ގުޅާލައިގެން
ދުވަހުން މިއަދު މިވަނީ ބައެއް ތަފުސީލުތައް ހޯދައިލާފައެވެ.
މެޓުން ފާހަގަކުރީ ކުރިއަށް މި އޮތް 24 ގަޑިއިރުވެސް
މޫސުން ގޯސްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހުވެސް މޫސުން ގޯސް ކަމަށް
ލަފާކުރެވޭއިރު މޫސުން އަލިވާން ފަށާނެ ކަމަށް ބެލެވެނީ އަންނަ އާދީއްތައިގާ ކަމަށެވެ.
"އާންމު ވައިވެސް މި ހުންނަނީ 15 މޭލާއި 25
މޭލާއި ދެމެދުގެ ބާރުމިނެއްގައި، ހުރިހާ ސަރަހައްދެއްގައިވެސް ކަނޑުތައްވެސް
ގަދަ" މެޓުން ބުންޏެވެ.
ރާއްޖެ ސަރަހައްދުގައި މޫސުން ގޯސްވެފައިވާއިރު ރާއްޖޭގެ
ދެކުނުގައި ރާއްޖެއާއި މާ ދުރު ނޫން ހިސާބެއްގައި ތޫފާނެއް އުފެދިފައި އެބަ
ހުއްޓެވެ. ތޫފާން "ޗެންގޭ"ގެ ނަމުން ނަންދީފައިވާ އެ ތޫފާން ދަތުރުކުރަމުން
އަންނަނީ ރާއްޖެއާއި ދުރަށް މަޑަގަސްކަރައާއި ދިމާއަށް ނަމަވެސް އެ ތޫފާނުގެ
ނުސީދާ އަސަރު ދެކުނަށް ކުރަމުން އަންނަ ކަމަށާއި ކުރާނެ ކަމަށް ސިސްޓަމްތަކުން
ދައްކައެވެ.
ރާއްޖޭގެ އުތުރަށް ބަލާއިރު އުތުރުން އަރަބި
ކަނޑުގައި ލަކްޝަދްވީޕް އައިލެންޑްސް (މަލިކު ހިމެނޭ ސަރައްދު) ގައި ހުރި
ކޮޅިގަނޑުގެ ބާރު ގަދަވެ އެ ކޮޅިގަނޑުގެ ދަރަޖަ ވަނީ "ވެލް މާކްޑް ލޯ ޕްރެޝަރ"
އަކަށް ބަދަލުވެފައެވެ. އެ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ މިއަދުގެ
ވަގުތެއްގައި "ޑިޕްރެޝަން" އަކަށް ބަދަލުވާނެ ކަމަށް އިންޑިއާގައި ގާއިމުކޮށްފައި ހުންނަ ސަރަހައްދީ މޫސުމާއިބެހޭ
އިދާރާއިން ލަފާކޮށްފައިވެއެވެ. އެ ކޮޅިގަނޑު ދަތުރުކުރަމުން އަންނަނީ ރާއްޖެއާއި
ދުރަށް އޮމާނާ ދިމާއަށް ނަމަވެސް ދަތުރުކުރާ ސްޕީޑް ދަށްކަން ފާހަގަކުރެވެއެވެ.
އަނެއް ފަޅިއަށް ބަލައިލާއިރު ބަންގާޅު
ކަނޑުގައިވެސް ތޫފާނީ ސެޓަޕެއް އެބަ ހުއްޓެވެ. "އަޕަރ އެއަރ
ސާކިއުލޭޝަން" އެއްގެ ދަރަޖައިގާ އެ ސެޓަޕް އަދި ހުރި ނަމަވެސް ކުރިއަށް އޮތް
48 ގަޑިއިރުގެ ތެރޭގައި "ލޯ ޕްރެޝަރ" އަކަށް ބަދަލުވުމުގެ ފުރުޞަތު އޮތް
ކަމަށް ސަރަހައްދީ މޫސުމާއިބެހޭ އިދާރާއިން ފާހަގަކުރެއެވެ. އެ ކޮޅިގަނޑުގެ
މިސްރާބު ހުރީ އިންޑިއާ އައްސޭރިއާއި ދިމާއަށެވެ.
މިއަދުގެ އިރު އޮއްސުމާއި ހަމައަށް ރާއްޖޭގެ މޫސުން
ކޮންމެ ދުވަހަކު އަދި ކޮންމެ ރެއަކުމެ އެ ދުވަހެއްގެ
އެ ރެއެއްގެ މޫސުމީ އަދާހަމަ މެޓުން ހާމަކުރަމުން އަންނައިރު މިއަދުގެ އިރުއޮއްސުމާއި
ހަމައަށް ލަފާކޮށްފައިވާގޮތުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެއެވެ. އަދި
ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ.
"ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން
އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
މިއަދު ކަނޑުތަކަށް ބަލައިލާއިރު ރާއްޖޭގެ
ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް މެޓުން ފާހަގަކުރެއެވެ.
ހުރިހާ ފަރާތްތަކުން ޚާއްޞަކޮށް ކަނޑުދަތުރު ކުރައްވާ
ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މިއަދުވެސް މެޓުން އިލްތިމާސްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް