އައްޑޫގައި ހަ ސައިކަލު ޖެހި ތިން އެކްސިޑެންޓް – ހަތް މީހަކު ހޮސްޕިޓަލަށް

އައްޑޫ ސިޓީގައި މިރޭ ތިން އެކްސިޑެންޓެއް ހިނގައި ހަތް މީހަކު ހޮސްޕިޓަލަށް ގެންގޮސްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ތިން ސަރަހައްދެއްގައި އެކްސިޑެންޓް ހިނގ...

21 Oct 2024 | 18:30

އައްޑޫ ސިޓީގައި މިރޭ ތިން އެކްސިޑެންޓެއް ހިނގައި ހަތް މީހަކު ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫ ތިން ސަރަހައްދެއްގައި އެކްސިޑެންޓް ހިނގައިގެން އުޅޭކަމަށް މިރޭގެ އެކި ވަގުތުތަކުގައި ރިޕޯޓްކޮށްފައިވާކަމަށެވެ.

"މި އެކްސިޑެންޓްތަކުގައި 7 މީހުންނަށް އަނިޔާވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެއީ ހަ ފިރިހެނަކާއި އަންހެނެކެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށްވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ކޮންމެ އެކްސިޑެންޓެއްވެސް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެން ކަމަށް މައުލޫމާތު ލިބުނު ކަމަށާއި އަދި ތިން އެކްސިޑެންޓުގެ ސީނަށް ދިޔައިރުވެސް ސީންތައް ރޫޅާލާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް