ރައްޔިތުންގެ މަޖިލީހުގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސްގެ މަގާމުގައި ހުންނެވި ހަސަން ޒިޔާއު އެ މަގާމުން ވަކިކޮށްފިއެވެ.
މިކަން އޭނާ އަމިއްލައަށް ހާމަކޮށްފައިވަނީ މީޑިއާއަށް މައުލޫމާތު ދިނުމަށް ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ރަސްމީ ވަޓްސް އެޕް ގްރޫޕްގައެވެ.
އެ ގްރޫޕްގައި ޒިޔާއު ބުނެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޑިރެކްޓަރ, ކޮމިއުނިކޭޝަންސްގެ މަޤާމުން އަޅުގަނޑު ވަކިކޮށްފައިވާކަމަށާއި ޑިރެކްޓަރ ކޮމިއުނިކޭޝަންގެ މަޤާމަކީ ސިޔާސީ މަޤާމަކަށް ނުވާއިރު އަޅުގަނޑު ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސަރވިސްގެ ޤާވާއިދާ ޚިލާފަށްކަމަށް އޭނާ ގަބޫލުކުރާކަމަށެވެ.
"ޕާލަމެންޓަރީ ސަރވިސް ޤަވާއިދާ ޚިލާހަށް އެ ޤާވާއިދުގައި ބަޔާންކުރާ އިޖުރާޢަތްތަކާ ދެކޮޅަށް, ނޯޓިސް ދިނުމަކާ ނުލާ އަވަސް އަރުވާލައިގެން ވަޒީފާއިން ވަކިކުރުމުގެ މަޤްސަދުގައި ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ޚީލާފުވިކަމަށް ބުނެ ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން, ޚާއްސަކޮށް މަޖިލީހުގެ ޢަމީން އާންމު ފާތިމަތު ނިޔުޝާއާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓަރ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް އަޅުގަނޑު ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދަވެރިކަން ފިލުވުމަށްކަމަށް ދެކެން، އަދި ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ދެކެން" ޒިޔާއު ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ޕަލަމެންޓަރީ ސަރވިސް ޤަވާއިދާ ޚިލާފަށް ރާވައިގެން އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެ ވާހަކަ މީޑިއާގެ މަޢުލޫމާތައްޓަކައި ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް