ދެކުނުގެ ރަށެއްގައި ސްކޫލެއްގެ ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކޮށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދެމުން އަންނަ ދިވެހި، ފިރިހެން ޓީޗަރަކު ގްރޫމްކޮށް ޖިންސީ ގޯނާކުރަން އުޅުނީ ފިރިހެން ދަރިވަރުންތަކަކަށެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ އެ ޓީޗަރު ދިޔައީ އެ ސްކޫލުގެ 14 އަހަރުން މަތީ ފިރިހެން ކުދިންނަށް ނޭއްގާނީ މެސެޖުތަކާއި ދައްކަންނުވާ ވާހަކަތަކާއި ލިންކުތައް އެ ކުދިންނާ ހިއްސާކުރަމުން ކަމަށާއި ކުއްޖަކު އެކަން ރިޕޯޓުކުރީ އެ ޓީޗަރު އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރުމުން ކަމަށެވެ.
ދުވަހަށް އެނގިފައިވާގޮތުގައި އެ ޓީޗަރު މިވަގުތު ހުރީ އެ މައްސަލަ ތަހުގީގު ކުރާތީ މަސައްކަތުން އެކަހެރިކޮށްފައެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ސައުތު ސެންޓްރަލް ޕޮލިސް (މ، ފ، ދ، ތ އަދި ލ) ގައި ހިމެނޭ ރަށެއްގެ ސްކޫލު ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާއި ނުގުޅޭ ވާހަކަ ދައްކައި ގްރޫމް ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް