ބެންކޮކުން ރާއްޖެ އައި ފްލައިޓެއްގައި، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ މެފެޑްރޯން (މަގުމަތީ ނަމުން ނަމަ "މިއާއޮ މިއާއޮ") އެތެރެކުރި ޒުވާނާގެ ބަންދަށް 15 ދުވަހު މުއްދަތެއް ޖަހައިފިއެވެ.
ބަންދު އަމުރުގައިވާގޮތުގައި އެއީ ތ. ކަނޑޫދޫގައި މިހާރު ދިރިއުޅެމުން އަންނަ ލ. ދަނބިދުއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ ޒުވާނެކެވެ. އޭނާއަކީ ކުށުގެ ރެކޯޑު އޮންނަ ފަރާތެއް ކަމުގައިވެސް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ކަސްޓަމްސް އިން އިއްޔެ ބުނެފައިވާގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ވައިގެމަގުން ބެންކޮކުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި މެފެޑްރޯންގެ ބަރުދަނުގައި 1.86 ކިލޯ ހުއްޓެވެ. އޭގެ މަގުމަތީގެ އަގު 3،348،000 (ތިން މިލިޔަން ތިން ލައްކަ ސާޅީސް އަށްހާސް) ދިވެހި ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމުގައިވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް