ބައިވެރިންގެ ރައްކަލަށްޓަކައި ދިރާގު މޯލްޑިވްސް ރޯޑް ރޭސް ހިނގަމުންދާ ވަގުތުތަކުގައި މަގު ބަންދު ވާނެ

25 އޮކްޓޫބަރު ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2024 ކުރިއަށްދާ ވަގުތުގައި ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން...

20 Oct 2024 | 19:33

25 އޮކްޓޫބަރު ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް) 2024 ކުރިއަށްދާ ވަގުތުގައި ބައިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެއްގަމު އުޅަނދުތަކަށް ރޭސް ރޫޓްގައި ދުއްވުން މަނާވާނެއެވެ.

މިކަމައި ގުޅިގެން މިދިޔަ ހަފުތާގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންވަނީ މި އިއުލާން ގެޒެޓްކޮށްފައެވެ. އެގޮތުން ޒަރޫރީ އުޅަނދުތަށް ފިޔަވާ އެހެން ހުރިހާ އުޅަނދުތަކަކަށް ތިރީގައި މިވާ ވަގުތުތަކުގައި ރޭސް ރޫޓު ބަންދުވާނެއެވެ. ނަމަވެސް މި ވަގުތުތަކުގައި ރޭސް ރޫޓްގައި އޮތޮރައިޒްޑް އިވެންޓް ވެހިކަލްތަކަށް ދުއްވޭނެއެވެ. މަގު ބަންދު ކުރެވޭނެ ގަޑިތަކަކީ:

  • ފަތިހު 5:00 އިން ހެނދުނު 9:00 އަށް
  • ހަވީރު 4:00 އިން 6:00 އަށް

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހަމައެކަނި ދުވުން، ޑީ.އެމް.އާރް.އާރްގައި މިއަހަރު 4،400 ދުވުންތެރިން ބައިވެރިވާނެއެވެ. މި ރޭހުގެ ހާފް މެރެތަން އަދި 10ކޭ ރޭސްތައް ކުރިއަށް ދާނީ ހެނދުނުގެ ވަގުތުތަކުގައެވެ. އަދި 5ކޭ ރޭސް ކުރިއަށްދާނީ ހަވީރު 4:30ގައެވެ.

ޑީ.އެމް.އާރް.އާރްއަކީ ވޯރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުންވެސްމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް