ފަލަސްތީނުގެ އެންކްލޭވްއަށް ވަދެފައިވާ އިންސާނީ އެހީގެ 20 ޓްރަކަކީ ފުދޭ ވަރުގެ އެއްޗެއް ނޫން ކަމަށް ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ސަރުކާރުން ހޮނިހިރު ދުވަހު ބުނެފި އެވެ.
ޣައްޒާގައި ހުންނަ ހަމާސް ސަރުކާރުން ހިންގާ ޕްރެސް އޮފީހުގެ ވެރިޔާ ސަލާމާ މައުރޫފް ނިއު އަރަބް އަށް ފޮނުއްވި ކުރު ބަޔާނެއްގައި ވިދާޅުވީ ޒަރޫރީބޭނުންތަކުގެ ތެރޭގައި ބޭހާއި، މެޑިކަލް އިކުއިޕްމަންޓާއި، ކާބޯތަކެތީގެ ބައެއް ސާމާނު އަދިވެސް ބޭނުންވާ ކަމަށެވެ.
މައުރޫފް ވިދާޅުވީ މި ލިމިޓެޑް ގާފިލާގެ ސަބަބުން ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއަށް ބަދަލެއް ނާންނާނެ ކަމަށެވެ.
"މުޅިން ގެއްލިފައިވާ އިންސާނީ ޒަރޫރީ ބޭނުންތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް 24 ގަޑިއިރު މަސައްކަތް ކުރާ ރައްކާތެރި ކޮރިޑޯއެއް ގާއިމުކުރުމަކީ މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
"މީގެ އިތުރުން،ޒަހަމްވި މީހުންނަށް އެކަށީގެންވާ ބޭސްފަރުވާ އެއް ހޯދުމުގެ ފުރުސަތު ދޭން ޖެހޭ،" އޭނާ ތަފްސީލުކޮށްދެއްވި އެވެ.
އިސްރާއީލުން ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދެމުން ގެންދާތާ 15 ދުވަސް ދުވަސްވެފައި ވާއިރު ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ނުރައްކާތެރި ހާލުގައެވެ.
ޣައްޒާގައި މިހާތަނަށް 4،100 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް