ހދ. މަކުނުދޫގައި އެއްޗެއް ގޮވައި ދެމީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މަރުވި ދެމީހުންނަކީ ބިދޭސީންނެވެ. އެ ދެ ބިދޭސީން މަރުވީ އެ ރަށު މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ގޮވައިގެން ކަމަށެވެ.
މަރުވެފައިވަނީ މަކުނުދޫ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތްކުރަމުންދާ ކުންފުނީގެ ދެ ބިދޭސީ މުވައްޒަފުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނާގޮތުގައި އެ ގޭސްފުޅި ގޮވުމާއެކު އެ ދެމީހުން ވިއްސައިގެން ގޮސް ހަށިގަނޑުގެ ބައެއް ބައިބައި ވަކި ވިއްސިގެން ގޮސްފައިވެސްވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް