އިޒްރޭލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން މަރުވި މީހުންގެ އަދަދު 4،385 އަށް އަރައިފިއެވެ.
މި އަދަދު އަދާހަމަކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ޣައްޒާގެ ސިއްހަތާއިބެހޭ ވުޒާރާއިންނެވެ.
އެ ވުޒާރާއިން ބުނެފައިވާގޮތުގައި މަރުވެފައިވާ 4،385 މީހުންގެ ތެރެއިން 1،756 އަކީ ކުޑަކުދިންނެވެ. 967 އަކީ އަންހެނުންނެވެ.
ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންގެ އަދަދު 13،561 އަށް އަރާފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެ ވުޒާރާއިން ފާހަގަކޮށްފައިވާގޮތުގައޮ މިހާތަނަށް މަރުވި މީހުންގެ 70 އިންސައްތައަކީ އަންހެނުން، ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނެވެ.
މަރުވި މީހުންގެ އިތުރުން ހަމަލާތަކުގައި ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ގާކުނޑިތަކުގެ ދަށުގައިވަނީ ކިތައް މީހުންކަން އަންދާޒީ ގޮތެއްގައިވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް