ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް ބޭހާއި ސަޕްލައިސް ހޯދުމަށް އިންޑިއާގެ ތަމިލްނާޑޫ ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދާތީ އިންތިގާލީ މަރުހަލާގައި އެކަން ކުރިއަށް ނުގެންދިއުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިލައްވައިފިއެވެ.
މިކަން ހާމަކުރެއްވީ އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.
ފިރުޒުލް ވިދާޅުވީ އެފަދަ އެއްބަސްވުމެއް ހަދާކަން ފާހަގަކުރެވުނީ އިންތިގާލީ މަރުހަލާގައި ކުރެވެމުން އަންނަ ކަންތައްތަކުގެ ތެރެއިން ކަމަށެވެ.
" އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ގޮތުން މިއީ ދިވެހިންގެ އަސާސީ ހިދުމަތްތަކާ ގުޅޭ މުހިންމު ހައްސާ ކަމެއްކަމަށްވާތީވެ މި މަރުހަލާގައި މިކަހަލަ މަސައްކަތެއް ބާރަށް ގެންދިއުމަކީ އެމަނިކުފާނުގެ ކަންބޮޑުވުން މިކަމުގަ އޮތް ކަމެއް ކަން ފާހަގަކުރައްވާ" ފިރުޒުލް ވިދާޅުވިއެވެ.
އެހެންކަމުން މި މަރުހަލާގައި އެކަން އެގޮތަށް ނުގެންގޮސް މަޑުޖައްސާލަދެއްވަން އިންތިހާބީ ރައީސް އެދިލައްވާކަމުގައި ފިރުޒުލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް