ހަމަލާތައް ހުއްޓާލަން އެއްބަސްވާނަމަ އަސީރުންގެ ތެރޭގައިތިބި އާންމުން ދޫކޮށްލަން ތައްޔާރު: ހަމާސް

އިޒްރޭލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލަން އެއްބަސްވާނަމަ އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންގޮސްފައިވާ އަސީރުންގެ ތެރެއިން އާންމުން ދޫކޮށްލަން ތައްޔާރުކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ. ހަމާސް ...

21 Oct 2023 | 06:49

އިޒްރޭލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލަން އެއްބަސްވާނަމަ އަސީރުންގެ ގޮތުގައި ޣައްޒާއަށް ގެންގޮސްފައިވާ އަސީރުންގެ ތެރެއިން އާންމުން ދޫކޮށްލަން ތައްޔާރުކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.

ހަމާސް އިން މިހެން ބުނެފައިވަނީ އަލް ޖަޒީރާއަށް ދީފައިވާ އިންޓަވިއުއެއްގައެވެ.

އެ އިންޓަވިއުގައި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު މުހައްމަދު ނައްޒާލް ބުނެފައިވަނީ އަސީރުންގެ ގޮތުގައި ތިބި މީހުންގެ ތެރެގައި އިޒްރޭލު އަސްކަރިއްޔާގެ މީހުންނާއި ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަތް މީހުންނާއި ބައެއް އާންމުންވެސް ހިމެނޭ ކަމަށެވެ. އަދި އިޒްރޭލުން ހަމަލާތައް ހުއްޓާލަން އެއްބަސްވާނަމަ އޭގެ ތެރެއިން އާންމުން ދޫކޮށްލަން ތައްޔާރުކަމުގައި ނައްޒާލް ބުނެފައިވެއެވެ.

ހަމާސް އިން މިއަދު މިހެން ބުނެފައިވާއިރު އެ ޖަމާއަތުން ރޭގައި ދެ އަސީރަކު ދޫކޮށްލިއެވެ. ދޫކޮށްލާފައިވަނީ އެމެރިކާއަށް ނިސްބަތްވާ ދެމައިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް