އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެއެވެ.
މި ތޫފާނަށް ދީފައިވާ ނަމަކީ ތޫފާން "ތޭޒް" އެވެ. މި ނަން ދީފައިވަނީ އިންޑިއާއިންނެވެ. މާނައަކީ "ބާރު ސްޕީޑް" އެވެ.
ސަރަހައްދީ މޫސުމީ އިދާރާއިން ބުނެފައިވާގޮތުގައި ކޮޅިގަނޑު ތުފާނަކަށް ބަދަލުވިއިރު ހުރި ލޮކޭޝަނަކީ ޔަމަނުގެ ސަޤާޓްރީ އައިލެންޑް އާއި އިރު، އިރު އުތުރުން 670 ކިލޯމީޓަރު ދުރުގައެވެ.
މި ތޫފާނުގެ ދަރަޖަ ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި "ބާރުގަދަ ތޫފާނަކަށް" ބަދަލުވެ އަދި ޖެހިގެން އަންނަ 24 ގަޑިއިރުގެ ތެރޭގައި "ވަރަށް ބާރުގަދަ ތޫފާން"އެއްގެ ދަރަޖައަށް ބަދަލުވެ ޔަމަނާއި އޮމާންގެ އައްސޭރިއާއި ހަމައަށް ފޯރާނެ ކަމަށްވެސް ލަފާކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް