މި ޚަބަރު ލިޔެވޭއިރު ޣައްޒާ ގަޑިން ފަތިހު 05:30 އެވެ. ޣައްޒާއަށް މިއަދު އިރު އަރާނީ 06:49ގައެވެ.
މިއަދަކީ 07 އޮކްޓޯބަރުގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއަށްފަހު އިޒްރޭލުން ހުއްޓުމެއްނެތި ޣައްޒާއަށް ހަމަލާދެމުން އަންނަތާ 14 ދުވަސް ފުރޭނެ ދުވަހެވެ.
މިއަދުވެސް ޣައްޒާއަށް އިރު އަރަން ދާން އެދަނީ 30 މަރާ އެކުގައެވެ.
ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާގޮތުގައި ރޭގައި ގިނަ ހަމަލާތަކެއް އަމާޒުވީ ރަފާ ސިޓީއާއި ޓައުން އޮފް ޖަބާލިއާގެ ސަރަހައްދުތަކަށެވެ.
އެގޮތުން ރަފާ ސިޓީއާއި ޖަބާލިއާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 30 މީހަކު މަރުވެފައިވާއިރު ހަތް މީހަކު ގެއްލި ހަތް މީހަކު ޒަޚަމްވެފައިވެއެވެ. ހަތް މީހަކު ގެއްލިފައިވަނީ ހަމަލާތަކުގައި ބިމާކޮށްލާ އިމާރާތްތަކުގެ ގާކުނޑިތަކުގެ ތެރޭގައެވެ.
ރޭގެ ހަމަލާތަކުގެ ތެރެއިންވެސް ގިނަ ހަމަލާތަކެއް އާންމުން ދިރިއުޅޭ ގެތަކަށްވެސް އަމާޒުވިކަމަށްވެސް ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ.
އިއްޔެއާއި ހަމައަށް އިޒްރޭލު ހަމަލާތަކުގައި ޣައްޒާއިން މަރުވި މީހުންގެ އަދަދު ވަނީ 4،137 އަށް އަރާފައެވެ. މި އަދަދުގެ ތެރެއިން 70 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް