ހަމާސް އިން މިނިވަންކުރި ދެ އަސީރުންނަކީ އެމެރިކާއަށް ނިސްބަތްވާ ދެމައިން

ހަމާސް އިން މިރޭ މިނިވަންކުރި ދެ އަސީރުންނަކީ އެމެރިކާއަށް ނިސްބަތްވާ ދެމައިން ކަމުގައިވާ ޖުޑިތު ރަނާން އާއި އޭނާގެ އަންހެން ދަރި ނަޓާލީ ކަމުގައި އިޒްރޭލުން ބުނެފިއެވެ. އިސްރޭލުން ބުނެފައިވަނީ ހަމާސް ...

20 Oct 2023 | 19:40

ހަމާސް އިން މިރޭ މިނިވަންކުރި ދެ އަސީރުންނަކީ އެމެރިކާއަށް ނިސްބަތްވާ ދެމައިން ކަމުގައިވާ ޖުޑިތު ރަނާން އާއި އޭނާގެ އަންހެން ދަރި ނަޓާލީ ކަމުގައި އިޒްރޭލުން ބުނެފިއެވެ.

އިސްރޭލުން ބުނެފައިވަނީ ހަމާސް އިން އެ ދެމީހުން ފުރަތަމަ ހަވާލުކުރީ އިންޓަނޭޝަނަލް ރެޑް ކްރޮސްގެ ޓީމަކާއި ކަމަށާއި މިހާރު އެ ދެމީހުން ސަލާމަތުން އިޒްރޭލަށް ގެންދެވިފައިވާކަމަށެވެ.

އެމެރިކާއަށް ނިސްބަތްވާ އެ ދެމީހުން ދޫކޮށްލަމުން ހަމާސްއިން ބުނެފައިވަނީ އެ ދެމީހުން ދޫކޮށްލަނީ ހެޔޮ ނިޔަތެއްގައި ކަމަށާއި ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ނޫން ކަމަށެވެ.

މިނިވަންކުރި ދެ އަސީރުންނަކީ މި މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ވަދެގަނެ ގެންދިޔަ 200 އަސީރުންގެ ތެރެއިން ދެ އަސީރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް