ނިހާދު، ހަސަނަށް: ބަރުލަމާނީ ވަޒީރުކަން ނުލިބުމަކީ ސަރުކާރު ވައްޓާލަން ނިކުންނަން ޖެހޭ ސަބަބެއް ނޫން

ބަރުލަމާނީ ވަޒީރުކަން ނުލިބުމަކީ ސަރުކާރު ވައްޓާލަން ނިކުންނަންޖެހޭ ސަބަބެއް ނޫންކަމުގައިބުނެ މެންބަރު ހަސަން ލަތީފަށް މެންބަރު މުހައްމަދު ނިހާދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. މެންބަރު ނިހާދު މިހެ...

21 Oct 2022 | 16:11

ބަރުލަމާނީ ވަޒީރުކަން ނުލިބުމަކީ ސަރުކާރު ވައްޓާލަން ނިކުންނަންޖެހޭ ސަބަބެއް ނޫންކަމުގައިބުނެ މެންބަރު ހަސަން ލަތީފަށް މެންބަރު މުހައްމަދު ނިހާދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މެންބަރު ނިހާދު މިހެން ވިދާޅުވީ ޓެކްސް ބޮޑުކުރުމާއި ގުޅޭގޮތުން މެންބަރު ހަސަން ކުރެއްވި ޓްވީޓަކަށް ދެއްވި ރައްދެއްގައެވެ.

މެންބަރު ހަސަން ވިދާޅުވެފައިވަނީ ސަރުކާރުގެ ހިންގުމުގައި ތަކުރާރުކޮށް ކަންކަން މިސްމެނޭޖްކުރަމުންދިއުމާއި، ކުރަމުންދާ ބޭކާރު ހަރަދުގެ ސަބަބުން ވަމުންދާ ގެއްލުން ފޫބެއްދުމަށް ރައްޔިތުން ދައްކަމުންދާ ޓެކްސް ކުއްލިއަކަށް ބޮޑުކޮށް ރައްޔިތުންނަށް އެ ބުރަ ޖެއްސުމަށް ނިންމުމަކީ ވަރަށް ޒިންމާދާރުކަންކުޑަ ނިންމުމެއް ކަމަށެވެ.

އެމްޕީ ހަސަންގެ އެ ޓްވީޓަށް ރައްދުދެއްވަމުން އެމްޕީ ނިހާދު ވިދާޅުވެފައިވަނީ ބަރުލަމާނީ ވަޒީރުކަން ނުލިބުމަކީ ސަރުކާރު ވައްޓާލަން ނިކުންނަންޖެހޭ ސަބަބެއް ނޫންކަމަށާއި އަދިވެސް ބަރުލަމާނީ ގެނެވިދާނެކަމަށެވެ. އެ ފުރުސަތުވެސް ނުގެއްލޭކަމަށެވެ.

https://twitter.com/nihad_m/status/1583419517169827841

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް