ކިތަންމެ ބަލި ބޮޑުވިޔަސް، ބަލިމީހާއަށް ވެސް ނަމާދު އެޅުމެއް ނެތް - ހުކުރު ޚުތުބާ

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައި ވާހަކަދައްކާފައިވަނީ ނަމާދުގެ މުހިންމު ކަމުގެ މައްޗަށެވެ. އެގޮތުން މިއަދުގެ ހުކުރު ޚުތުބާގައި ނަމާދު އެޅުމުގެ ހުރި ނުރައްކާތެރިކަމާއި، ނަމާދުކުރުމުން ލިބޭ ހިތ...

21 Oct 2022 | 09:13

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައި ވާހަކަދައްކާފައިވަނީ ނަމާދުގެ މުހިންމު ކަމުގެ މައްޗަށެވެ. އެގޮތުން މިއަދުގެ ހުކުރު ޚުތުބާގައި ނަމާދު އެޅުމުގެ ހުރި ނުރައްކާތެރިކަމާއި، ނަމާދުކުރުމުން ލިބޭ ހިތްހަމަ ޖެހުމުގެމައްޗަށް ޚުތުބާގައި ވަނީ ވާހަކަދައްކާފައެވެ.

ނަމާދަކީ ހިތަށް ހަމަޖެހުން ލިބޭ އަޅުކަމެއް ކަމަށާއި ނަމާދަކީ އެންމެހާ ކަންބޮޑުވުންތަކާއި ހާސްވުންފަދަކަންކަމުން ދުރުކޮށްދޭ އަޅުކަމެއްކަމަށް މިއަދުގެ ޚުތުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން ކިތަންމެ ބަލި ބޮޑުވިޔަސް، ބަލިމީހާއަށް ވެސް ނަމާދު އެޅުމެއް ނެތްކަމަށާއި ނަމަވެސް މިއަދު އަހަރެމެންނަށް ފެންނަނީ، މިއާ ޚިލާފު މަންޒަރުތަކެއް ކަމަށް ޚުތުބާގައި ވަނީ ވިދާޅުވެފައެވެ.

މީހަކު ހަމަ ބައްޔެއް ވެލާއިރަށް ނަމާދު ނުކޮށް ދޫކޮށްލާތަން ފެންނަމުންދާ ކަމަށާއި އެފަދަމީހުންނަށް ނަމާދު ކުރުން ވެފައިވަނީ އުފުލަން ޖެހިފައިވާ ބޮޑު ބުރައަކަށް މިއަދުގެ ޚުތުބާގައި ވިދާޅުވިއެވެ. އަދި ބައެއް މީހުން ނަމާދު ނުކޮށް ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެ ނަމާދުތައް ޤަޟާ ކުރާނަމޭ ބުނަމުންކަމަށާއި ހަމައެއާއެކު، އެ ބަލީގައި މަރުވެއްޖެނަމަ، އެއީ އޭނާއަށް ލިބުނު ޢުޛުރެއް ކަމަށް އެދެކެގެންކަމަށް ވެސް ވިދާޅުވިއެވެ. މިއީ ވަރަށް ބޮޑު އޮޅުމެއް ކަމަށާއި މިގޮތަށް ޤަޟާ ކުރުމަށް ނިޔަތްގަނެގެން ވެސް، ނަމާދު އެޅުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫންކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

" މުސްލިމް އަޚުންނޭވެ! ކިތެންމެ ބަލި ބޮޑުވިނަމަވެސް ބަލިމީހާއަށް ނަމާދު އެޅުމެއް ނެތެވެ. މިއަދު އަހަރެމެންނަށް ފެންނަނީ، މިއާ ޚިލާފު މަންޒަރެކެވެ. މީހަކު ހަމަ ބައްޔެއް ވެލާއިރަށް ނަމާދު ނުކޮށް ދޫކޮށްލާތަނެވެ. އެފަދަމީހުންނަށް ނަމާދު ކުރުން ވެފައިވަނީ އުފުލަން ޖެހިފައިވާ ބޮޑު ބުރައަކަށެވެ. ބައެއް މީހުން ނަމާދު ނުކޮށް ދޫކޮށްލަނީ ބަލި ފަސޭހަވުމުން އެ ނަމާދުތައް ޤަޟާ ކުރާނަމޭ ބުނަމުންނެވެ. ހަމައެއާއެކު، އެ ބަލީގައި މަރުވެއްޖެނަމަ، އެއީ އޭނާއަށް ލިބުނު ޢުޛުރެއް ކަމަށް އެދެކެގެންނެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ. މިގޮތަށް ޤަޟާ ކުރުމަށް ނިޔަތްގަނެގެން ވެސް، ނަމާދު އެޅުމަކީ ހުއްދަވެގެންވާނެ ކަމެއް ނޫނެވެ." މިއަދުގެ ޚުތުބާގައި ވިދާޅުވެފައިވެއެވެ.

މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. " ފެހ އެބޭކަލުންނަށްފަހު، އެހެން ބަޔަކު އައޫއެވެ. އަދި ހަވާ ނަފުސުގެ އެދުންތަކަށް ތަބާވޫއެވެ. ފަހެ، ނިކަން ހުރެ އެއުރެން ހަލާކާ ކުރިމަތިލާހުއްޓެވެ."

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް