ބިރުވެރި ފިލްމެއް ބަލައިފިއްޔާ ކެޓްރީނާ ނިދަނީ ބޮކި ދިއްލައިގެން

ރޫހާނީ ކަންތައްތަކީ ހަގީގަތެއްކަން ޤަބޫލު ކުރާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކެއިފް ވެސް ބުނެފިއެވެ. އިޝާން ޚައްތަރުއާއި ސިދާންތު ޗަރުރްވެދީ އާއެކު ހޮރޯ ކޮމެޑީ ފިލްމެއް ކަމަށްވާ "ފޯނ...

21 Oct 2022 | 05:05

ރޫހާނީ ކަންތައްތަކީ ހަގީގަތެއްކަން ޤަބޫލު ކުރާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކެއިފް ވެސް ބުނެފިއެވެ.

އިޝާން ޚައްތަރުއާއި ސިދާންތު ޗަރުރްވެދީ އާއެކު ހޮރޯ ކޮމެޑީ ފިލްމެއް ކަމަށްވާ "ފޯން ބޫތު" ގައި މިހާރު މަސައްކަތް ކުރަމުން "އީ ޓައިމްސް" އަށް ދިން އިންޓަވިއު އެއްގައި ކެޓްރީނާ ބުނީ އިންސާނުންގެ ލޯތަކަށް ނުފެންނަ އެހެން ދިރުންތައް ވާކަމަށާއި ރޫހާނީ ހާދިސާތަކަކީ ހަގީގަތުގައި ވެސް ހިނގާ ކަމެއް ކަމަށް އޭނާ ވެސް ޤަބޫލު ކުރާ ކަމަށެވެ.

އެގޮތުން ބިރުވެރި ފިލްމެއް ރޭގަނޑު ބަލައިފިނަމަ އެރެއަކު ނިދަން އުނދަގޫވާ ކަމަށާއި، އޭނާ ނިދަނީ ކޮންމެވެސް އެއް ބޮތްކެއް ދިއްލައިގެން ނުވަތަ ޓީވީ ހުޅުވައިގެން ކަމަށް ވެސް ކެޓްރީނާ ބުނެފައިވެއެވެ.

ނަމަވެސް "ފޯން ބޫތު" އަކީ މަޖާ ބިރުވެރި ފިލްމަކަށް ވާތީ އެ ފިލްމު ކުޅެން ބިރު ނުގަތް ކަމަށާއި ބިރުވެރި ހާދިސާތައް މަޖާ ގޮތަކަށް ފެނުމުން ހިތްހަމަ ޖެހޭ ކަމަށް ވެސް ކެޓްރީނާ ބުންޏެވެ.

"ފޯން ބޫތު" ގެ ކުރިން ކެޓްރީނާ އެންމެ ފަހުން އޮން-ސްކްރީންކޮށް ފެނިފައިވަނީ އަކްޝޭ ކުމާރްއާއެކު "ސޫރްޔަވަންޝީ" އިންނެވެ. މިއާއެކު ދެން ކެޓްރީނާގެ އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ ސަލްމާން ޚާންއާއެކު ކުޅެފައިވާ "ޓައިގަރ 3" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް