އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން ވިދާޅުވީ މީގެ ކުޑައިރުކޮޅެއް ކުރިން، އިމްރާން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާޝައިޚް އިމްރާން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. ކަރެކްޝަނަލް އިން އޭރު ބުނި ގޮތުގައި ޝައިޚް އިމްރާން ގޭ ބަންދަށް ބަދަލުކުރީ ވަގުތީ ގޮތުންނެވެ.
އިމްރާން ގޭ ބަންދަށް ބަދަލުކުރީ، އިމްރާންއާއި އަނބިކަނބަލުން މަރިޔަމް ރީމާއަށް، ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ވަނީ ފިރިހެން ބޭފުޅަކު ލިބިވަޑައިގަތުމާއި ގުޅިގެން ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް