އަންހެނެއްގެ ފޯނު ފޭރިގަތް މީހަކު ސައިކަލާއެކު ކަހާލައިގެން މަގުމައްޗަށް ވެއްޓިއްޖެ

މާފަންނު ބިސްބުރު ކައިރިން ހިނގާފައިދިޔަ އަންހެނެއްގެ އަތުގައި އޮތް ފޯނެއް ފޭރިގަނެގެން ސައިކަލާ ފިލަން އުޅުނު މީހަކު ކަހާލައިގެން ސައިކަލާއެކު ވެއްޓިއްޖެ އެވެ. އާންމުންގެ އެހީތެރި ކަމާއެކު އެމީހާ ހައ...

21 Oct 2015 | 14:18

މާފަންނު ބިސްބުރު ކައިރިން ހިނގާފައިދިޔަ އަންހެނެއްގެ އަތުގައި އޮތް ފޯނެއް ފޭރިގަނެގެން ސައިކަލާ ފިލަން އުޅުނު މީހަކު ކަހާލައިގެން ސައިކަލާއެކު ވެއްޓިއްޖެ އެވެ.

އާންމުންގެ އެހީތެރި ކަމާއެކު އެމީހާ ހައްޔަރުކޮށްފައިވާއިރު މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 25 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދުގެ ވަގުތެއްގައި މާފަންނު ބިސްބުރުކައިރިން ހިނގާފައިދިޔަ އަންހެނެއްގެ އަތުގައި އޮތް ނޯޓް 4 ފޯނެއް ފޭރިގަނެގެން ސައިކަލެއްގައި ދަނިކޮށް ކަހާލައިގެން ވެއްޓުމުން އެސަރަޙައްދުގައި ތިބި އާއްމު ރައްޔިތުންގެ އެހީތެރިކަމާއެކު އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ މާފަންނު ޕޮލިސް ސްޓޭޝަނުގެ ފުލުހުން ކަމަށް ފުލުހުން ހާމަކުރެ އެވެ.

މިމީހާ ފޭރިގަތްކަމަށް ބެލެވޭ ފޯނު އެސަރަޙައްދުން ފެނިފައިވާއިރު މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ އެވަގުތު ދުއްވި ސައިކަލް ބަލައިފާސްކުރިއިރު ސައިކަލުގެ މަޑިދަށުން އައިފޯނެއް ފެނިފައިވެއި ވާކަމަށާއި އަދި މިމީހާ  ދުއްވި ސައިކަލް މިހާރުވަނީ ޓޯވ ކުރެވިފައި ކަމަށްވެސް ފުލުހުންބުނެ އެވެ.

ފުލުހުން ހާމަކުރާ ގޮތުގައި މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމާއި އަނިޔާކުރުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް