މަޖިލިސް ރައީސަކީ ޔަހޫދީ ދަރިކޮޅުން އައިސްހުރި ޗައިނާ ބޭފުޅެއް: ތިމަރަފުށީ މުސްތަފާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއަކީ ޔަހޫދީ ދަރިކޮޅުން އައިސްހުރި ޗައިނާ ދަރިކޮޅުގެ ބޭފުޅެއް ކަމަށް ތިމަރުފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) ވިދާޅުވެއްޖެ އެވ...

21 Oct 2015 | 10:17

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުއަކީ ޔަހޫދީ ދަރިކޮޅުން އައިސްހުރި ޗައިނާ ދަރިކޮޅުގެ ބޭފުޅެއް ކަމަށް ތިމަރުފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ (ތިމަރަފުށީ މުސްތަފާ) ވިދާޅުވެއްޖެ އެވެ.

މެމްބަރު މުސްތަފާ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ގައުމުގެ ހަލާކަކީ މަޖިލިސް ރައީސް ކަމަށްވެސް މުސްތަފާގެ ޓްވީޓްގައި ވިދާޅުވެފައި ވެ އެވެ.

https://twitter.com/Thimarafushi/status/656721838366572546

ޓްވިޓާގައި މަޖިލިސް ރައީސްގެ ނަމުގައި ހަދާފައިވާ ފޭކް އައިޑީއެއް ޓެގްކޮށް މުސްތަފާ ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ތީ ފޭކް މަޖިލިސް ރައީސް ކަމުގައި ވިއްޔާ، އެއީ މަސީހުއްދައްޖާލު ކަމަށެވެ. އަދި މިހާރުގެ މަޖިލިސް ރައީސް އަކީ ސީދާ ޔަހޫދީ ދަރިފަސްކޮޅުގެ ބޭފުޅެއް ކަމަށް މުސްތަފާ ތަކުރާރުކޮށް ވިދާޅުވެފައި ވެ އެވެ.

https://twitter.com/Thimarafushi/status/656722729312260096

މިފަދަ މޭރުމަކުން މަޖިލިސް ރައީސަށް ރައްދުކޮށް މެމްބަރު މުސްތަފާ ޓްވީޓްތަކެއް ކުރައްވާފައިވާއިރު މި ޓްވީތައް ކުރައްވާފައިވަނީ ކޮން ކަމަކާ ގުޅިގެންކަން ސާފުވާ ގޮތެއް ނުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް