ރައީސުލްޖުމްހޫރިއްޔާ، ކެނެޑާގެ އާ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ

ކެނެޑާގައި ބޭއްވި އާންމު އިންތިޚާބުގައި އެޤައުމުގެ ލިބަރަލް ޕާޓީން ހޯދި ކާމިޔާބީއާ ގުޅިގެން، އެޕާޓީއަށާއި، ކެނެޑާގެ ބޮޑުވަޒީރުކަމަށް އަލަށް ‏‏އިންތިޚާބުވެވަޑައިގެންނެވި ‏ޖަސްޓިން ޓްރޫޑޯއަށް ރައީސުލްޖު...

21 Oct 2015 | 06:40

ކެނެޑާގައި ބޭއްވި އާންމު އިންތިޚާބުގައި އެޤައުމުގެ ލިބަރަލް ޕާޓީން ހޯދި ކާމިޔާބީއާ ގުޅިގެން، އެޕާޓީއަށާއި، ކެނެޑާގެ ބޮޑުވަޒީރުކަމަށް އަލަށް ‏‏އިންތިޚާބުވެވަޑައިގެންނެވި ‏ޖަސްޓިން ޓްރޫޑޯއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ‏ތަހުނިޔާ ވިދާޅުވެއްޖެއެވެ‏‎.‎

‏ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ‏‏‏އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ‏ޖަސްޓިން ޓްރޫޑޯއަށާއި ލިބަރަލް ޕާޓީގެ މެންބަރުންނަށް ‏ތަހުނިޔާ ވިދާޅުވެފައިވެއެވެ.‏ އަދި ޖަސްޓިން ޓްރޫޑޯގެ ‏ޒަޢާމަތުގައި، ‏‏ކެނެޑާއަށް ‏‏އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެކަން ޔަޤީން ކުރައްވާ ‏‏ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ކެނެޑާއާ ‏ދެ ޤައުމުގެ ދެމެދުގައި ‏‏އޮތް ގާތް ގުޅުން ‏‏އިތުރަށް ވަރުގަދަ ކުރެއްވުމަށް މިސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް