ވިލިމާލޭ ބޭންކު ފަޅާލަން އުޅުނު ދެ ޒުވާނަކު އަތުލައިގެންފި

ވިލިމާލޭގައި ހުންނަ ބޭންކް ފަޅާލައި ވައްކަންކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ބަޔަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ އެމީހުން އަތުލައިގެންފައިވަނީ، ފުލުހުންގެ ...

21 Oct 2015 | 05:29

ވިލިމާލޭގައި ހުންނަ ބޭންކް ފަޅާލައި ވައްކަންކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ބަޔަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ އެމީހުން އަތުލައިގެންފައިވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، އިންޓެލިޖެންސާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓާއި ވިލިމާލެ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތަންތަން ހަލާކުކޮށްލައިގެން ވަންނަން ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާއެކު ރޭ މެންދަމުގެ ވަގުތެއްގައި ވިލިމާލޭ ބޭންކް ހިންގާ އިމާރާތް ކައިރިން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މި ދެ މީހުންނަކީވެސް މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް  އޮންނަ ދެ މީހުން ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް