ފުލުސް އޮފީސް ހިންގުން ވަގުތީ ގޮތުން ހަބީބާއި ހަވާލު ކުރައްވައިފި

ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ރޭގެ ވަގުތެއްގައި ބޭސް ފަރުވާއަކަށް ސިންގަޕޫރަށް ވަޑައިގަތުމާއި ގުޅިގެން ފުލުސް އޮފީސް ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހަސަން ހަބީބާއި ހަވާލު ކުރ...

21 Oct 2015 | 04:55

ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ރޭގެ ވަގުތެއްގައި ބޭސް ފަރުވާއަކަށް ސިންގަޕޫރަށް ވަޑައިގަތުމާއި ގުޅިގެން ފުލުސް އޮފީސް ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހަސަން ހަބީބާއި ހަވާލު ކުރައްވައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުސް އޮފީސް ހިންގުން ހަބީބާއި ހަވާލުކޮށްފައިވަނީ މިއަދުން ފެށިގެން ކަމަށެވެ.

ފުލުހުންގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ކޮމިޝަނަރު ޗުއްޓިއަށް ވަޑައިގަންނަވާއިރު ޑެޕިއުޓީ ކޮމިޝަނަރާއި ނުވަތަ ޑެޕިއުޓި ކޮމިޝަނަރުގެން ތެރެއިން ބޭފުޅަކާއި ފުލުސް އޮފީސް ހިންގުން ހަވާލު ކުރަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް