ފިހާރައެއްގެ ފުރާޅުން ޓިނު ނައްޓަން އޮތް ޒުވާނަކު ހައްޔަރުކޮށްފި

ފިހާރައެއްގެ ފުރާޅުން ޓިނު ނައްޓަންއޮތް ޒުވާނަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެ...

21 Oct 2015 | 04:36

ފިހާރައެއްގެ ފުރާޅުން ޓިނު ނައްޓަންއޮތް ޒުވާނަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ވައިޖެހޭމަގު، މިނީ އެމްޕޯރިއަމް ފިހާރައިގެ ފުރާޅުމަތީގައި މީހަކު އުޅޭކަމަށް އާއްމު ފަރާތަކުން ފުލުހުންނަށް ދިން މަޢުލޫމާތަކާ ގުޅިގެން ރޭ މެންދަމު 01:40 ހާއިރު ކަމަށެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އެ ސަރަހައްދަށް  ގޮސް ބެލިއިރު، ޓިނު ނައްޓަށް ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާއެކު ޓިނު ނެއްޓުމުގައި މަސައްކަތުގައި ތުހުމަތުކުރެވޭ މީހާ އޮއްވައި ވަނީ ފެނުނު ކަމަށާއި އިތުރަށް ބެލިބެލުމުން، ފުރާޅުން ގިނަ ޢަދަދެއްގެ އިސްކޫރު ނައްޓާފަހުރި ކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، މަސްތުވާތަކެއްޗާއި ވައްކަމާއި މާރާމާރީއާއި މުދަލަށް ގެއްލުންދިނުމުގެ ގިނަ ޢަދަދެއްގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް