ކުއްލިގޮތަކަށް ކޮމިޝަނާ އޮފް ޕޮލިސް ސިންގަޕޫރަށް ވަޑައިގެންފި

ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ކުއްލި ގޮތަކަށް މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސީޕީ މިއަދުން ފެށިގެން ބޭސްފަރުވާގެ ޗުއްޓީއެއް ނަންގަވާފައި ވާކަމަށެވެ...

20 Oct 2015 | 19:03

ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ކުއްލި ގޮތަކަށް މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސީޕީ މިއަދުން ފެށިގެން ބޭސްފަރުވާގެ ޗުއްޓީއެއް ނަންގަވާފައި ވާކަމަށެވެ. އެހެން ނަމަވެސް އެކަމާ ބެހޭ އެއްވެސް އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

ސީޕީ ސިންގަޕޫރަށް ވަޑައިގެންފައިވާއިރު މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ވަނީ މިރޭ ކުއްލި ގޮތަކަށް ލަންކާއަށް ވަޑައިގެންފަ އެވެ.

ނިހާން އާއި ސީޕީ މިރޭ ފުރާވަޑައިގެންފައިވާއިރު ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއާއި އެ ދެބޭފުޅުންނާ ކޮންމެވެސް ވަރެއްގެ ގުޅުންތަކެއް ވާކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް