ސަން ސިޔާމްގެ އަނބިކަނބަލުންނަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާއި މޮރޮކޯއަށް ނިސްބަތްވާ އޭނާގެ އަނބިކަނބަލުންނަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ...

21 Sep 2024 | 15:02

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އާއި މޮރޮކޯއަށް ނިސްބަތްވާ އޭނާގެ އަނބިކަނބަލުންނަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި ސިޔާމްގެ އަނބިކަނބަލުން ވިހާފައިވަނީ މީގެ ދިހަ ވަރަށް ދުވަސް ކުރިން ދުބާއީގައެވެ.

ސިޔާމް އާއި މޮރޮކޯއަށް ނިސްބަތްވާ އަނބިކަނބަލުން ކައިވެނި ކުރީ2019 ގެ ކުރީ ކޮޅެވެ. ކައިވެނިކޮށްފައިވަނީ ސަން ސިޔާމްގެ ރިސޯޓެއް ކަމަށްވާ އިރުފުށި ރިސޯޓުގައެވެ. އަދި އޭގެ ފަހުން މޮރޮކޯގައި ވެސް ވަނީ ކުލަގަދަކޮށް ކައިވެނި ހަފްލާއެއް ބާއްވާފައެވެ.

މިއީ މި ކައިވެންޏަށް އެ ދެމަފިރިންނަށް ދަރިއަކު ލިބުނު ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް މީގެކުރިން ކޮށްފައިވާ ކައިވެނިތަކަށް ސިޔާމްގެ އިތުރު ދަރިން ތިބެއެވެ.

ސިޔާމް މިހާރު އަންނަނީ އިތުރު ކައިވެންޏަކަށް ތައްޔާރުވަމުންނެވެ. އެއީ ސިޔާމްގެ ހަތަރު ވަނަ ކައިވެންޏެވެ. ސިޔާމް ކައިވެނި ކުރުމަށް ތައްޔާރުވަނީ ބ.ކަމަދޫއަށް ނިސްބަތްވާ ޒާރާއަށެވެ. ޒާރާއާއި ޝިޔާމް ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދިހަ ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް