ގްލޯބަލް ކަލްނަރީ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއި ކޮށްފި

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގެ ގްލޯބަލް ކަލިނަރީ ޗެލެންޖު އެންޑް އެގްޒިބިޝަން2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއި ކޮށްފިއެވެ. މިއީ ރާއެްޖޭގެ ކޮންމެ އަހަރަކުވެސް ...

21 Sep 2024 | 14:22

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ގެ ގްލޯބަލް ކަލިނަރީ ޗެލެންޖު އެންޑް އެގްޒިބިޝަން2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއި ކޮށްފިއެވެ.

މިއީ ރާއެްޖޭގެ ކޮންމެ އަހަރަކުވެސް ބާއްވާ އެންމެ ބޮޑު ކަލްނަރީ އަދި ހޮސްޕިޓަލިޓީ ޓްރޭޑް ފެއާ އެވެ. މި ހަރަކާތުގައި ރާއްޖެއާއި ދުނިޔޭގެ އެކި ހިސާބުތަކުން ވިޔަފާރިތަކާއި ދާއިރާގައި ހަރަކާތްތެރިވާ އެތައް ބަޔަކު ބައިވެރިވެއެވެ.

ދިރާގުގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝާން ހަމީދު ވިދާޅުވީ، ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އެފްއެޗްއޭއެމް ގްލޯބަލް ކަލްނަރީ ޗެލެންޖު އެންޑް އެގްޒިބިޝަން2024ގެ ހުރިހާ ބައިވެރިިންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމަށް ދިރާގަށް ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން، ސިނާއަތުގެ ކުރިއެރުމާއި އިނޮވޭޝަންއަށް އަދި ގުޅުންތައް ބަދަހިކުރުމަށް އިންތިޒާމުކުރެވޭ މިފަދަ މުހިންމު އިވެއްޓްތަކާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުން ދިނުމަކީ ދިރާގުން ފަހުރުވެރިވާ ކަމެއް ކަމަށެވެ.

މި އެގްޒިބިޝަން އަކީ ދިވެހި އެކްސްޕޯ ސާވިސްއާއި ސީޑީސީ އިވެންޓްސް އެންޑް ޓްރެވަލްސް ގުޅިގެން އިންތިޒާމުކުރާ އެގްޒިބިޝަނެކެވެ. މި އެގްޒިބިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ25-22 ވަނަ ދުވަހުގައި ދަރުބާރުގޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް