އައްޑޫ ސިޓީއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ – ހާލު އަދި ސާފެއް ނޫން

އައްޑޫ ސިޓީއިން ގެއްލިގެން ހޯދަމުންދިޔަ މީހާ މިހާރު ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވެއްޖެއެވެ. އެކްސްގައި އައްޑޫ އެކްސްފައިލްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓަކަށް ...

21 Sep 2024 | 12:37

އައްޑޫ ސިޓީއިން ގެއްލިގެން ހޯދަމުންދިޔަ މީހާ މިހާރު ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

އެކްސްގައި އައްޑޫ އެކްސްފައިލްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓަކަށް ޖަވާބުދެއްވަމުން ޝިފާން ވިދާޅުވެފައިވަނީ ގެއްލިގެން ހޯދަމުންދިޔަ އެމީހާ، އޭނާ ދިރިއުޅޭ ގޭގެ އެހެން ކޮޓަރިއަކުން ފެނިފައިވާކަމަށާއި އިތުރު ފަރުވާއަށާއި ޗެކަޕަށް މެޑިކަލް ސެންޓަރަށް ގެންގޮސްފައިވާކަމަށެވެ.

ޝިފާން ވިދާޅުވެފައިވާގޮތުގައި އެމީހާ ފެނުނީ މިއަދު ހަވީރު 05:05 ހާއިރުގައެވެ.

ދިވެހި ފުލުހުން މިއަދު ކުރިން ބުނެފައިވަނީ ރޭގެ 07:00 ހާއިރު ގެއިން ނިކުމެގެންދިޔަ ފިރިހެނަކު ގެއަށް ނައިސް ގެއްލިގެން އުޅޭ މައްސަލައެއް މިއަދު މެންދުރު 01:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

ގެއްލިގެން ހޯދަމުންދިޔައީ އަހްމަދު ހާރޫން ނަމަކަށް ކިޔާ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް