އައްޑޫ ސިޓީއިން މީހަކު ގެއްލިގެން ހޯދަނީ

އައްޑޫ ސިޓީ މަރަދޫއިން މީހަކު ގެއްލިގެން ހޯދަމުން އެބަ ގެންދެއެވެ. މި ކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ރޭގެ 07:00 ހާއިރު ގެއިން ނިކުމެގެންދިޔަ ފިރިހެނަކު ގެއަށް ނައިސް ގެއްލިގެން އުޅޭ މައްސަލައ...

21 Sep 2024 | 12:04

އައްޑޫ ސިޓީ މަރަދޫއިން މީހަކު ގެއްލިގެން ހޯދަމުން އެބަ ގެންދެއެވެ.

މި ކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ރޭގެ 07:00 ހާއިރު ގެއިން ނިކުމެގެންދިޔަ ފިރިހެނަކު ގެއަށް ނައިސް ގެއްލިގެން އުޅޭ މައްސަލައެއް މިއަދު މެންދުރު 01:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ގެއްލިގެން ހޯދަމުން އަންނަ މީހާގެ ވަނަވަރު ފުލުހުންގެ ފަރާތުން އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް