އިތުރު ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެގޮތުން އިމިގްރޭޝަނުން ރޭގައި ބުނެފައިވަނީ އިމިގްރޭޝަންގެ ޓާސްކު ފޯސް އަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއް ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ބަލައި ފާސްކޮށްފައިވާކަމަށެވެ.
"މާލޭގެ ހެންވޭރަށް ނިސްބަތްވާ މި ގޭގައި ދިރިއުޅެމުންދިޔަ ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި" އިމިގްރޭޝަނުން ބުނެފައިވެއެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އާންމު ރައްކާތެރިކަމަށް ބެލުމެއްނެތި ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމަށް ހާއްސަ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފެށިކަން އިއުލާނުކުރީ މި މަހުގެ 10 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް