ސަރުކާރުން އިންޑިއާއިން ބޮޑު ލޯނެއް ނަގަން އުޅޭކަމަށް ދައްކާ ވާހަކަ ފިނޭންސް މިނިސްޓަރު ދޮގުކުރައްވައިފިއެވެ.
އެގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން ތިން ބިލިއަން ރުފިޔާގެ ލޯނެއް އިންޑިއާއިން ނަގަން ހުށަހަޅާފައިވާ ކަމަށް ބުނެ ލިޔެފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.
"އެފަދަ އެއްވެސް މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ކުރިޔަށް ނުގެންދަން" އަމީރު ވިދާޅުވެފައިވެއެވެ.
އަމީރު މިހެން ވިދާޅުވެފައިވާއިރު ސޯޝަލް މީޑިއާގައްޔާއި ލޯކަލް މީޑިއާގައި މިފަދަ މައުލޫމާތުތަކެއް މިއަދު ފަތުރަމުން ގެންގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް