ޖޫން 23 ވަނަ ދުވަހު ބޮޑު ތަރުހީބަކާ އެކު ފެށި 'ގެޓް ޗަރޖްޑް އެންޑް ވިން' ޕްރޮމޯޝަން މުޅި ރާއްޖޭގެ ބެލުންތެރިން ޝައުގުވެރިކޮށްލަނީ ބޮޑެތި އިނާމުތަކާއި ޖޯޝާއި ފޯރިއާ އެކު އަންނަ އާދިއްތަ ދުވަހުގައެވެ.
މި ޕްރޮމޯޝަނަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، އެތައް ނަސީބުވެރިންނެއް ވަނީ ބެނެލީ މޮޓޯސައިކަލް، ހެލްމެޓް، އަދި ޗަރޖްޑް ދަޅު ކޭސް ފަދަ ބޭނުންތެރި އިނާމުތަކެއް ހޯދާފައެވެ.
އެގޮތުން މިދިޔަ ޖޫން 23 ގައި ފެށި މި ޕްރޮމޯޝަނަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ކަސްޓަމަރުން ޝައުގުވެރިވަމުން އަންނައިރު، ކެފެއިން އެކުލެވޭ ޗަރޖްޑް ބުއިމުގެ ތާޒާ ރަހަ އަޖުމަ ބަލާލުމާ އެކު، ކާޑުކޮޅެއްގައި ހިމެނޭ ކޯޑު ކަހާލައިގެން މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފޯރި އަންނަނީ ނަގަމުންނެވެ.
މިހާތަނަށް ހަތަރު ގުރުއަތުލުން ބާއްވާފައިވާއިރު، ކޮންމެ ގުރުއަތެއް ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް) އިން ރޭގަނޑު 9:30ގައި ލައިވްކޮށް ދައްކާފައިވެއެވެ.
މި ޕްރޮމޯޝަންގައި ބެނެލީ މޮޓޯސައިކަލް ހޯދީ މުހައްމަދު އާދަމް، އެމްޑީ މުޝައްރަފް، މުހައްމަދު ރަސެލް ހުސައިން އަދި އަހުމަދު ޒާހިރު އެވެ. އެ ފަރާތްތަކުން ވަނީ އެ އަގުހުރި އިނާމު ލިބުމުން އުފާވެ، ހުވަފެންތައް ހަގީގަތަކަށް ހަދައިދިން ކަމަށްޓަކައި ޗަރޖްޑްއަށް ޝުކުރު އަދާކޮށްފަ އެވެ.
ހެލްމެޓާއި ޗަރޖްޑް ކޭސްތައް ލިބުނު ނަސީބުވެރިން ވެސް ވަނީ އެ ފަރާތްތަކަށް ލިބުނު އިނާމާ މެދު އުފާކޮށް، އެހެން މީހުން ވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ހިތްވަރުދީފަ އެވެ.
މީގެ އިތުރަށް، އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ތަރިން ބައިވެރިވި ލޯންޗު ހަރަކާތަކާ އެކު ފެށި 'ގެޓް ޗަރޖްޑް އެންޑް ވިން' ޕްރޮމޯޝަން މިހާރު ބާރަށް ކުރިއަށްދާއިރު، ނަސީބު ވަޒަންކޮށްލަން މިއަށް ވުރެ ރަނގަޅު ވަގުތެއް ނާދެ އެވެ.
ބެނެލީ ސައިކަލާއި ހެލްމެޓާއި ޗަރޖްޑް ކޭސްތައް ފަދަ ހިތްގައިމު އިނާމުތައް ލިބުމުގެ އުފާވެރިކަން އިހުސާސްކޮށްލުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ޗަރޖްޑް ދަޅެއް ގަންނައިރު ކަހާލެވޭ ކާޑުކޮޅަކަށް އެދުމުން ލިބޭ އެ ކާޑުކޮޅު ކަހާލުމުން ފެންނަ ފޮރުވިފައިވާ ކޯޑް އެސްއެމްއެސް މެދުވެރިކޮށް 2626އަށް ފޮނުވުމުން 'ގެޓް ޗަރޖްޑް އެންޑް ވިން' ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.
މި ފޯރިގަދަ ޕްރޮމޯޝަން ކުރިއަށްދާއިރު، އަންނަ އާދިއްތަ ދުވަހު އަދި އޮކްޓޯބަރު 20ގައި އަދި އިތުރު ދެ ބުރެއް ކުރިއަށްގެންދަން ހަމަޖެހިފައިވެ އެވެ. ބެނެލީ ލިއޮންސިނޯ 250 މޮޓޯސައިކަލެއްގެ އިނާމު ލިބުމުގެ ފުރުސަތުވެސް އެބަ އޮތެވެ.
ހަމައެއާއެކު، ދުވަހުން ދުވަހަށް ގުރުއަތުލުންތަކެއް ބާއްވައި ނަސީބުވެރިން ގަވާއިދުން އިއުލާން ކުރާނީ @ChargedMaldives އިންސްޓަގްރާމް ޕޭޖުންނެވެ. ޗަރޖްޑް ބްރޭންޑްގެ ހެލްމެޓެއް ނުވަތަ ޗަރޖްޑް ދަޅު ކޭސް ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ.
ޗަރޖްޑް އަދި މި ބްރޭންޑުގެ ޕްރޮމޯޝަންގެ އިތުރު މައުލޫމާތާއި އެންމެ ފަހުގެ ކަންކަން ހޯދުމަށް ފޭސްބުކް، އިންސްޓަގްރާމް އަދި ޔޫޓިއުބްގައި @ChargedMaldives ފޮލޯކޮށްލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް