"އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ" އަންނަ މަހު ކުރީކޮޅު ބާއްވަން ހަމަޖެހިއްޖެއެވެ.
އެޑިއުވެސްޓް މޯލްޑިވްސްއިން ބުނީ، އަންނަ މަހުގެ 5,6,7 (ބުރާސްފަތި, ހުކުރު އަދި ހޮނިހިރު) ދުވަހު މާލޭ މީރުމާ އިވެންޓް ހޯލްގައި މި އެކްސްޕޯ އޮންނެ ކަމަށެވެ.
"އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ" ބޭއްވުމަށް ހަމަޖެހިފައި ވަނީ ދުނިޔޭގައި ކުރިއަރާފައިވާ ޔުނިވާސިޓީތަކާއިއެކުގައެވެ.
މި އިވެންޓު ކުރިއަށްދާނީ އެ ތިންވަހުގެ ހަވީރު 16:00 ން ރޭގަނޑު 22:00 އަށެވެ.
މި އެޑިއުކޭޝަން އެކްސްޕޯގައި އެއްފުރާޅެއްގެ ދަށުން އޮސްޓްރޭލިއާ, ނިއުޒިލޭންޑް, މެލޭޝިއާ, ބަންގްލަދޭޝް, ޔުނައިޓަޑް ކިންގްޑަމް, ސްޕެއިން, ކެނަޑާ އަދި އެމެރިކާފަދަ މަޤްބޫލް ގައުމުތަކުގެ ޔުނިވާރސިޓީތަކުން ހިންގާ މަތީތައުލީމުގެ ޕްރޮގްރާމްތަކާއި ބެހޭ މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިއެކްޕޯގައި އޮސްޓްރޭލިއާ، މެލޭޝިއާ އަދި ބަނގްލާދޭސްގެ ޔުނިވަރސިޓީ ތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
މި އެޑިއުވެސްޓް އެޑިއުކޭޝަން އެކްސްޕޯއަށް ވަނުމުގެ ފުރުސަތު ހުރިހާ އާންމުންނަށް ހިލޭ ހުޅުވާލެވިފައިވާނެއެވެ. އަދި ކުރީބައިގައި މި އެޑިއުކޭޝަން އެކްސްޕޯގައި ހިލޭ ބައިވެރިވުމަށް އޮންލައިންކޮށް ފޯމް ފުރިހަމަކުރުމަށްވަނީ ހުޅުވާލެވިފައެވެ.
ފޯމުގެ ލިންކް: https://shorturl.at/FPQZ5
މިއެކްސްޕޯގައި އެކިގައުމުތަކުގެ ޔުނިވަރސިޓީ ތަކުން ލިބެންހުރި ސްކޮލަރޝިޕް ތަކުގެ މައުލޫމާތު އަދި އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެއެވެ. އަދި ޔުނިވަރސިޓީތަކުގެ ބޭފުޅުންނާއި ބައްދަލުކޮށް ވަގުތުން ކޯސްތަކަށް އެޕްލައިކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
މީގެ އިތުރުން މަތީތައުލީމް، ސްޓޫޑެންޓް ވިސާ އަދި މަސައްކަތުގެ ދާއިރާތަކާއި, ކުރިމަގުގައި ވަޒީފާގެ ފުރުސަތުތަކަށް އަންނާނެ ބަދަލުތަކާ ގުޅޭ މައުލޫމާތު ދިނުމުގެ މަސައްކަތު ބައްދަލުވުން ތަކާއި، މައުލޫމާތު ދިނުމުގެ ބައްދަލުވުންތައް އޮންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް