ރިޔާސީ އިންތިހާބުގެ ދެވަަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ވަކި ކޮޅަކަށް ނޭރުުމުން، އެ ޕާޓީގެ ސަޕޯޓަރެއް ކަމުގައިވާ، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ބޭނުމީ 'އިބޫ ނޫން ގޮތެއް' ކަން ހާމަ ކޮށްފިއެވެ.
މެޒޯ ބުނީ، ޑިމޮކްރެޓްސްއިން ނިންމިގޮތް ބާއްވާފައި އަމިއްލަ ނިންމުމާ އެއްގޮތަށް ކުރިއަށް ދާން ވިސްނާ ކަމަށެވެ.
https://twitter.com/mezzomohamed/status/1704763532393550019
ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެއްވެސް ބަޔަކަށް ތާއީދު ނުކުރަން ދަ ޑިމޮކްރެޓްސްއިން ވަނީ ނިންމާފައެވެ.
ޑިމޮކްރެޓްސްއިން ބުނީ، ދެވަނަ ބުރުގައި ކުރިއަށް ދާނެ ގޮތެއް ނިންމުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ޕާޓީގެ އިންޓަރިމް ކައުންސިލްގެ ނިންމާފައިވަ ގޮތުގެމަތިން، އިއްޔެއާ ހަމައަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އަދި އެމްޑީޕީއިންވެސް އެއްބަސްވެފައި ނުވާތީ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ނިންމާފައިވާ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީން ބޭނުންވަނީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރާށެވެ. އަދި އެކަމާ ގުޅޭގޮތުން ވަނީ ޕާޓީތަކާ މަޝްވަރާ ކޮށްފައެވެ،
އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވެ ވަޑައިގެންނެވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށްފަހު ނިޒާމު ބަދަލު ކުރުމުގެ ވޯޓު ނެގުމަށް ކަމަށާއި ނަމަވެސް އެގޮތް ބޭނުން ނުވާ ކަމަށް ދަ ޑިމޮކްރެޓްސްއިން ވަނީ ބުނެފައި ވެއެވެ.
އެކަމާ ގުޅޭގޮތުން އިދިކޮޅު ޕީޕީއެމްއާ މަޝްވަރާ ކުރުމުން އެޕާޓީން އެގޮތަށް ގަބޫލެއް ނުވިއެވެ. އޭގެ ފަހުން ނަޝީދު މަސައްކަތް ކުރެއްވީ، ޖަލުގައި ހުންނެވި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލު ކުރައްވާށެވެ. ނަމަވެސް ނިޒާމު ބަދަލު ކުރުމަށް ޝައުގުވެރިކަން ނެތުމާއެކު ޔާމީން ވަނީ އެ ބައްދަލުވުމަށް އިންކާރު ކުރައްވާފައެވެ.
ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް ޕާޓީގެ ގިނަ އެކްޓިވިސްޓުން ބުނަމުން ދަނީ ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރަން ބޭނުން ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް