ސިވިލް ކޯޓު ހިންގުން ވަގުތީގޮތުން ޤާޟީ އަލްއުސްތާޛު ފަރުހާދާ ހަވާލުކޮށްފި

ސިވިލް ކޯޓު ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދުއާ ޙަވާލު ކޮށްފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނީ،ސިވިލް ކޯޓު ހިންގުން ވަގުތީގޮތުން އަލްއުސްތާޛު ފަރުހާދު ރަޝީދު...

21 Sep 2023 | 06:34

ސިވިލް ކޯޓު ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދުއާ ޙަވާލު ކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނީ،ސިވިލް ކޯޓު ހިންގުން ވަގުތީގޮތުން އަލްއުސްތާޛު ފަރުހާދު ރަޝީދުއާ ޙަވާލުކުރުމަށް އެކޮމިޝަނުން އިއްޔެ ނިންމާފައިވާ ކަމަށެވެ.

ސިވިލް ކޯޓު ހިންގުމަށް ގާޒީ ފަރުހާދާ ހަވާލު ކުރީ، އެ ކޯޓުގެ އިސް ގާޒީ އަހްމަދު ނިމާލް ޖުނައިދު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ.

މީގެ ހަތަރު މަސް ކުރިން ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އައްޔަނުކުރި ނިމާލް އަވަހާރަވީ އިއްޔެރޭ ދަންވަރުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 36 އަހަރެވެ. ނިމާލް އަކީ ގއ. މާމެންދުއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ނިމާލް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުން ދަނިކޮށެވެ. އެހެން ނަމަވެސް މިކަމުގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް