ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ބްލަޑް ސަރވިސަސް އާ ގުޅިގެން ލޭ ހިދިޔާ ކުރަން ކޭމްޕެއް މިއަދު ބާއްވައިފިއެވެ.
ބޭންކުން ބުނެފައިވާގޮތުގައި ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ މުހިންމު ބޭނުމުގައި ކޮންމެ ތިންމަހަކުން އެއް ފަހަރު މުވައްޒަފުންނަށް އަމާޒުކޮށް ލޭ ހަދިޔާކުރުމުގެ ކޭމްޕް ބޭއްވުމަށް 2021 ވަނަ އަހަރު ބޭންކުން ވަނީ ނިންމާފައެވެ.
"46 މުވައްޒަފަކު ވަނީ ލޭ ހަދިޔާކޮށްފައެވެ. މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރ ގައި 60 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ވަނީ ލޭ ހަދިޔާކޮށްފައި" އެ ބޭންކުން ބުނެފައިވެއެވެ .
ބީއެމްއެލްއިން އިތުރަށް ބުނެފައިވާގޮތުގައި ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް