ރިޔާޒް ރަޝީދުގެ ތާއީދު ރައީސް ސޯލިހަށް

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން، ރިޔާޒް ރަޝީދު ނިންމަވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑް...

21 Sep 2023 | 04:45

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވަން، ރިޔާޒް ރަޝީދު ނިންމަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުކަންވެސް ކުރައްވަމުންގެންދަވާ ރިޔާޒް ރަޝީދު މިކަން ރޭގައި ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ރިޔާޒް ރަޝީދު ވިދާޅުވެފައިވަނީ ޚާއްސަ މަޖިލިހުގަ އާއި ރައްޔިތުންގެ މަޖިލިހުގައި އޭނާއާއެކު އިސްލާހީގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އޭނާގެ އަޚް އިބްރާހިމް މުޙައްމަދު ސޯލިހަށް މި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ތާއީދުކުރަން ނިންމަވާފައިވާކަމަށެވެ.

ރިޔާޒް މި ނިންމުން ނިންމަވާ އިއުލާނުކުރައްވާފައިވާއިރު ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޖުމްހޫރީ ޕާޓީން ވަނީ ނިންމާފައެވެ. އަދި އެ ޕާޓީގެ މެންބަރުން ބޭނުން ކެނޑިޑޭޓަކަށް ތާއީދު ކުރުމުގެ ފުރުސަތު ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހުޅުވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް