ކަސްޓަމްސް ތަފާސް ހިސާބު: އޯގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ 17 އިންސައްތަ ދަށަށް

މިދިޔަ މަހުގެ އޯގަސްޓް މަހާ އަޅާބަލާއިރު މި އަހަރުގެ އޯގަސްޓް މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 17 އިންސައްތަ ދަށްވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފިއެވެ. އެގޮތު...

21 Sep 2023 | 04:24

މިދިޔަ މަހުގެ އޯގަސްޓް މަހާ އަޅާބަލާއިރު މި އަހަރުގެ އޯގަސްޓް މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ 17 އިންސައްތަ ދަށްވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

އެގޮތުން ކަސްޓަމްސް އިން މިދިޔަ އޯގަސްޓް މަހުގެ ތަފާސް ހިސާބު ހާމަކޮށްފައިވާއިރު އެ ތަފާސްހިސާބުގައި ބުނެފައިވާގޮތުގައި ފާއިތުވި އޮގަސްޓް މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2022 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ހަތް އިންސައްތަ އިތުރުވި ނަމަވެސް ފާއިތުވި އޮގަސްޓް މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 17 އިންސައްތަ ވަނީ ދަށްވެފައެވެ.

"2022 ވަނަ އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް 4.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 5 ބިލިއަން ރުފިޔާ އަށް އިތުރުވެފައި، 2022 ވަނަ އަހަރުގެ އޮގަސްޓް މަހު 391 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 324 މިލިއަން ރުފިޔާއަށް ދަށްވެފައި ކަސްޓަމްސް ތަފާސްހިސާބުގައި ބުނެފައިވެއެވެ.

އިމްޕޯޓް/އެކްސްޕޯޓް ތަފާސް ހިސާބު – އޮގަސްޓް 2023

ތަފްޞީލް އޮގަސްޓް 2022 (ދިވެހި ރުފިޔާއިން) އޮގަސްޓް 2023  (ދިވެހި ރުފިޔާއިން) އިތުރުވި/ދަށްވި އިންސައްތަ
ދައުލަތަށް ލިބުނު އާމްދަނީ 391 މިލިއަން 324 މިލިއަން 17% ދަށް
އެކްސްޕޯޓް ކުރެވުނު މުދާ (އެފް.އޯ.ބީ އަގު) 125 މިލިއަން 93 މިލިއަން 26% ދަށް
އިމްޕޯޓް ކުރެވުނު މުދާ  (ސީ.އައި.އެފް އަގު) 4.8 ބިލިއަން 5 ބިލިއަން 7% އިތުރު

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ،  ޔޫ.އޭ.އީ،  ޗައިނާ އަދި ޖަރުމަނު ވިލާތެވެ. ތަފާސް ހިސާބުން ދައްކާގޮތުގައި އޮމާން އިން 887 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 736 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޔޫ.އޭ.އީ އިން 648 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޗައިނާ އިން 398 މިލިއަން ރުފިޔާގެ މުދާ އަދި ޖަރުމަނު ވިލާތުން 364 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

2023 އޮގަސްޓް މަހު އަގުގެގޮތުން އެންމެ ގިނައިން މުދާ އެތެރެކުރެވުނު އަދި ބޭރުކުރެވުނު ޤައުމުތައް

  އަގުގެގޮތުން އެންމެ ގިނައިން އިމްޕޯޓް ކުރި 5 ޤައުމު އަގުގެގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި 5 ޤައުމު
އޮމާން 17% ޖަރުމަނު ވިލާތް 25%
އިންޑިއާ 15% އިނގިރޭސި ވިލާތް 18%
ޔޫ.އޭ.އީ 13% ތައިލޭންޑް 13%
ޗައިނާ 8% އިންޑިއާ 8%
ޖަރުމަނު ވިލާތް 7% ފަރަންސޭސި ވިލާތް 5%

ކަސްޓަމްސްގެ ތަފާސް ހިސާބުގައި ބުނެފައިވާގޮތުގައި އޮގަސްޓް މަހު ރޯޔަލްޓީގެ ގޮތުގައި 2،153،953.01 ރުފިޔާ ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް