މިއަދު މަހަށް ނިކުމެ އުޅުނު މަސްދޯންޏަކުން މަސްވެރިއަކު ކުއްލިއަކަށް ނިޔާވެއްޖެއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައިވަނީ ގއ. ގެމަނަފުށީ ނިއުލައިން ގޭ މުހައްމަދު ވަސީމެވެ. ވަސީމް މި ދުނިޔެއާއި ވަކިވި ކަމުގެ މައުލޫމާތު އެ ރަށު ސިއްހީ މަރުކަޒުންވެސް ހިއްސާކޮށްފައިވެއެވެ.
ވަސީމް ނިޔާވީ މަހަށް ގޮސް އުޅެނިކޮށް ރަށާއި 50 ވަރަކަށް މޭލު ދުރުގައި ދޯނި އޮއްވާކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާރު ކޯސްޓްގާޑްގެ އެހީތެރިކަމާއެކު ވަސީމްގެ ހަށިގަނޑު އެ ރަށަށް ގެންގޮސްފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް