ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރ މާކޯ ޗެރާޓީއަސް އަނިޔާވެ ހަތަރު ހަފްތާގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.
ވެރާޓީއަށް އަނިޔާވީ އެންމެ ފަހުން ފްރެންޗް ލީގުގައި ލިޔޯން އާއި ދެކޮޅަށް ކުޅެ 0-1 ގެ ނަތީޖާއިން ޕީއެސްޖީ މޮޅުވި މެޗުގައި ވެރާޓީގެ ފައިގެ ކުޑަކަޅުވާ މަސްގަނޑަށެވެ.
ވެރާޓީއަށް ވި އަނިޔާ ކަށަވަރު ކޮށްދެމުން ޕީއެންސްޖީން ނެރުނު ބަޔާނުގައި ބުނީ ވެރާޓީ އަށް ލިބިފައިވާ އަނިޔާ ސީރިއަސް ކަމަށާއި އެހެން ކަމުން އޭނާ އަށް ކުރިޔަށް އޮތް ހަތަރުހަފްތާ ކުޅުމާއި ދުރުގައި ހުންންނަޖެހޭނެ ކަމަށެވެ.
ވެރާޓީ އަށް އަނިޔާވެފައިވަނީ މި ހަފްތާ އާދިއްތަ ދުވަހު ލީގުގައި ލިޔޯން އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުގައި ކަމަށާއި، އެހެން ކަމުން އަންނަ މަހުގައި ޕީއެސްޖީން ކުޅޭ މުހިންމު މެޗުތަކެއް ވެރާޓީއަށް ގެއްލެނޭކަމަށް ބަޔާނުގައި ވަނީ
ބުނެފައެވެ. އަދި ވެރާޓީއަށް އަނިޔާވީ ވާތު ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ކަމަށާއި އަދި މެޑިކަލް ރިޕޯޓުތައް ދައްކާކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް