ބުރަކޮށް އޮފީހުގައި މަސައްކަތު އުޅެލާފައި އައިސް ދެބަނޑަށް ކާލައިގެން ބަނޑު ދަމާލާފައި ތެދުވެ ފޯނު ހުޅުވާލިއިރު ކަމަކު ދާކަށް ނެތެވެ. ފޭސްބުކުގައި ކޮންމެވެސް ޕޯސްޓެއްގައި ޓެގް ނުކުރާ ހަމަ އެންމެ ރަހުމަތްތެރިއެއްވެސް ނެތެވެ. މި ވަނީ ކިހިނެއްކަން ގެޓު މިވީ ދެނެވެ. މިއުޅެނީ ފޭސްބުކަށް އައު "@ފްރެންޑްސް" ނަމުގައި ނުފޮރުއްޕާނީ އާ ފީޗާއެއް އެންމެނަށް އެނގިގެންނެވެ.
މި އާޓިކަލްގައި މި ބަލައިލަނީ ނުފޮރުއްޕާނީ މި ފީޗާއިން މިންޖުވާނެ ގޮތެވެ. މި އަޅާގެ އަތުގައި އޮތީ އެންޑްރޮއިޑެއްކަމުން މި ހިމަނައިލަނީ އެންޑްރޮއިޑް ފޯނަކުން ސްޓެޕް ބައި ސްޓެޕް މި ނުފޮރުއްޕާނުން މިންޖުވާނެ ގޮތެވެ.
އެންޑްރޮއިޑް އެޕުން ނަމަ ފުރަތަމަ ސެޓިންގްސްއަށް ކްލިކް ކޮށްލާނީ، ދެން އެއަށްފަހު ޕްރޮފައިލް ސެޓިންގްސް އަށް ކްލިކް ކޮށްލާނީ، ދެން އެއަށްފަހު ނޮޓިފިކޭޝަންސް ސެޓިންގްސް އަށް ކްލިކް ކޮށްލާނީ، ދެން އެއަށްފަހު ޓެގްސް އަށް ކްލިކް ކޮށްލާނީ، ދެން އެއަށްފަހު ފްރެންޑްސް އޮފް ފްރެންޑް ނުވަތަ ފްރެންޑްސް ހިޔާރު ކޮށްލާނީ، ދެން އެއަށްފަހު ބެޗް އެވްރިވަން އޮޕްޝަން އޮފް ކޮށްލާނީ.
ދުވަހުގެ ކިޔުންތެރިންނަށް ބާއްޖަވެރި ރޭގަނޑަކަށް އެދެން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް