ނަމްބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ފަށާނަން: ޕޮލިސް

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އެންގުމާއި ގުޅިގެން ގަވާއިދުގައިވާ ގޮތުގެ މަތިން ނަންބަރ...

21 Sep 2022 | 10:30

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އެންގުމާއި ގުޅިގެން ގަވާއިދުގައިވާ ގޮތުގެ މަތިން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅަމުންދާނެކަމުގައި ފުލުހުން ބުނެފިއެވެ.

އެގޮތުން 2022 އޮކްޓޯބަރ އެއް ވަނަ ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ފުލުހުން ނަސޭހަތްތެރިވަމުންދާނެ ކަމަށާއި އަދި އޮކްޓޯބަރު އެއް ވަނަ ދުވަހު ފެށިގެން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅަމުންދާނެކަމުގައި ފުލުހުން ބުނެފައިވެއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" ގެ އަށް ވަނަ މާއްދާ އާއި އެ ގަވާއިދުގެ  ނުވަ ވަނަ މާއްދާގައިވާ ފަދައިން ނޫން ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނަށް ފާހަގަ ކުރެވިގެން އެމިނިސްޓްރީން ވަނީ  2022 ސެޕްޓެމްބަރ 19 ވަނަ ދުވަހު އާންމުކޮށް އަންގައި އިއުލާނުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް