ކޮމީޑިއަން ރާޖޫ މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ރާޖޫ ސްރިވާސްތަވާ މަރުވެއްޖެ އެވެ. އުމުރުން58 އަހަރުގެ ރާޖޫ މަރުވީ ވެރިރަށް ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންްސް ހޮސްޕިޓަލްގައި ފަރުވާ ދެމުނ...

21 Sep 2022 | 08:10

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ރާޖޫ ސްރިވާސްތަވާ މަރުވެއްޖެ އެވެ.

އުމުރުން58 އަހަރުގެ ރާޖޫ މަރުވީ ވެރިރަށް ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންްސް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ބަލިވީ މިދިޔަ މަހުގެ10 ވަނަ ދުވަހު ޖިމް އަށް ގޮސްގެން އުޅެނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ.

ހާޓް އެޓޭ ޖެހުމުން ފުރަތަމަ 15 ދުވަސް ތެރޭގައި އޭނާގެ ސިނކުނޑި ހުއްޓުނެވެ، އަދި ދެ ފަހަރު ސީޕީއާރު ދޭން ޖެހުނެވެ.

ހާޓް އެޓޭކު ޖެހިގެން ފަރުވާ ދެމުންދާތާ40 ދުވަސް ފަހުން އޭނާ މަރުވެފައި މިވަނީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މިދިޔަ މަހުގެ ފަހުކޮޅު އާއިލާއިން ބުނެފައިވަނިކޮށެވެ.

މަޝްހޫރު ކޮމީޑިއަން ރާޖް އަކީ މަޝްހޫރު ޝޯތައް ކަމަށްވާ “ދި ކަޕިލް ޝަރުމާ ޝޯ”، “ދި ގްރޭޓް އިންޑިއަން ލާފާ ޗެލެންޖު” ގެ އިތުރުން “ކޮމިޑީ ސާކަސް” ފަދަ ޝޯތަކުން ފެނިގެން ގޮސްފައިވާ ކުޅަދާނަ ފަންނާނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް