ގާސިމްގެ މަސް ފެކްޓަރީން ދޯނިތަކަށް ލިމިޓެއް ކަނޑައަޅައި، މަސް ގަންނަ އަގު ދަށްކޮށްފި

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ މަސް ފެކްޓަރީ، މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން ދޯނިތަކުން މަސް ގަންނަ އަދަދު ލިމިޓްކޮށް މަހުގެ އަގު ދަށްކޮށްފިއެވެ. އެގޮތުން އެ ކުންފުނިންކޮށްފައިވާ އިއުލާނެއްގައި...

21 Sep 2022 | 07:33

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ މަސް ފެކްޓަރީ، މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން ދޯނިތަކުން މަސް ގަންނަ އަދަދު ލިމިޓްކޮށް މަހުގެ އަގު ދަށްކޮށްފިއެވެ.

އެގޮތުން އެ ކުންފުނިންކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިދުވަސްކޮޅު މަސްވެރިކަން ވަރަށްބޮޑަށް ރަނގަޅުވުމާއި ގުޅިގެން، ގިނަ ދޯނިފަހަރަށް މަސް ކިރުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މާދަމާ 22 ސެޕްޓެމްބަރ 2022 އިން ފެށިގެން ކޮންމެ ދޯންޏަކުން ކިރާނީ 12 ޓަނު މަސް ކަމަށެވެ.

"އަދި މަސް ލިބޭ ނިސްބަތުން، ދުވަހުން ދުވަހަށް މި އަދަދު ބަދަލުވުމަކީވެސް އެކަށިގެންވާކަމެކެވެ" އެ ކުންފުނީގެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، މަސް ގަންނަ އަގު ބަދަލުކޮށް މާދަމާ 22 ސެޕްޓެމްބަރ 2022 އިން ފެށިގެން މަސް ގަންނާނެ އަގުތައްވެސް ހާމަކޮށްފައިވެއެވެ. އެގޮތުން

މާދަމައިން ފެށިގެން ގަންނާނެ އަގު:-

1.5 ކިލޯއިން މަތި ފިނިކުރި 15.50

1.5 ކިލޯއިން މަތި ފިނި ނުކުރާ މަސް 13.50

1.5 ކިލޯއިން ދަށް ފިނިކުރި 7.50

1.5 ކިލޯއިން ދަށް ފިނި ނުކުރާ 5.50

މިހާރު ގަންނަ އަގު:-

1.5 ކިލޯއިން މަތި ފިނިކުރި 17 ރުފިޔާއަށް

1.5 ކިލޯއިން މަތި ފިނި ނުކުރާ މަސް 15 ރުފިޔާއަށް

1.5 ކިލޯއިން ދަށް ފިނިކުރި މަސް ނުވަ ރުފިޔާއަށް

1.5 ކިލޯއިން ދަށް ފިނި ނުކުރާ މަސް ހަތް ރުފިޔާއަށް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް