އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ޕްރޮމޯޝަންގައި ހާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ. މި ޕްރޮމޯޝަންގައި މި ހިދުމަތް ބޭނުންކުރާ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އިނާމު ތަކުގެ ތެރޭގައި:
• ކޮންމެ ދެހަފްތާއަކުން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އައިފޯން 13 ޕްރޯ
• ޕްރޮމޯޝަނުގެ ބޮޑު އިނާމު: ލަގްޒަރީ ރިސޯޓަކުން ދެމީހަކަށް އޯލް އިންކްލޫސިވް ޕްކޭޖެއް
މި ޕްރޮމޯޝަން އާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.
ޕްރޮމޯޝަން ކުރިޔަށް ދާނީ މިއަދޔން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް