10 ޓަނު މަހާއެކު ދޯންޏެއް ފަރަކަށް އުރި، ދެ ފަޅުވެރިޔަކަށް އަނިޔާވެއްޖެ !

10 ޓަނު މަހާއެކު މަސް ދޯންޏެއް ފަރަކަށް އުރިއްޖެއެވެ. ދުވަހަށް މައުލޫމާތު ހިއްސާކުރި ކ. ގާފަރަށް ނިސްބަތްވާ ޒުވާނަކު ބުނީ އެރަށު ހުދަންވަރު ދޯނި ފ. އަތޮޅު އިމިތީ ކިޔާ ފަރަކަށް އަރަފައިވާކަމުގެ މައުލޫމ...

21 Sep 2022 | 05:17

10 ޓަނު މަހާއެކު މަސް ދޯންޏެއް ފަރަކަށް އުރިއްޖެއެވެ.

ދުވަހަށް މައުލޫމާތު ހިއްސާކުރި ކ. ގާފަރަށް ނިސްބަތްވާ ޒުވާނަކު ބުނީ އެރަށު ހުދަންވަރު ދޯނި ފ. އަތޮޅު އިމިތީ ކިޔާ ފަރަކަށް އަރަފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި ދޯނި ފަރަށް އެރުމުން ދޯނީގެ ދެ ފަޅުވެރިޔަކަށް އަނިޔާވިކަމުގެ މައުލޫމާތުވެސް ލިބިފައިވާކަމަށެވެ. އަދި އެ ދޯނީގައި 10 ޓަނުގެ މަސް ހުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ރަށު ކައުންސިލް ރައީސް މުބައްސިރް ޖަލީލް ވިދާޅުވީ މައުލޫމާތު ލިބިފައިވާގޮތުގައި ދޯނި ދަތުރުކުރަމުންދިޔައީ މާލެއަށް ކަމަށެވެ. އަދި ދެމީހަކަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތުވެސް ކައުންސިލަށް ލިބިފައިވާކަމުގައިވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

މިކަމުގައި ކޯސްޓްގާޑުގެ ބަހެއް ލިބިފައެއް ނުވެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް