ހުޅުމާލޭގެ ފޭސް ދެއަކުން ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ އަދި ނުފެންނަކަމުގައި ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ މުޙައްމަދު އަޛުހާން (27އ) އެވެ.
ފުލުހުން ބުނެފައިވާގޮތުގައި މުޙައްމަދު އަޛުހާން (27އ) ގެއްލިގެން ރިޕޯޓްކޮށްފައިވަނީ 2022 ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ ހެނދުނު 19:00 އެހައިކަންހާއިރުގައެވެ.
އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށާއި މުޙައްމަދު އަޛުހާނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅުއްވުން އެދޭކަމަށް ފުލުހުން ބުނެފައިވެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ އަޒްހާން އަދި ނުފެންނަ ކަމަށާއި ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް